ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 23:37
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މުހައްމަދު ޝަރުހާން
ދެ ޒުވާނުން މަރުވުން
ހުޅުމާލޭގައި ރޭ ހިނގި މަރާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
ހައްޔަރުކޮށްފައި ވަނީ ތިން ފިރިހެންނުންނާއި އަންހެނެއް

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކޮށްފައި ވަނީ ތިން ފިރިހެންނުންނާއި އަންހެނެކެވެ.

ހުޅުމާލެއިން  ބުރާސްފަތި ދުވަހުގެރޭ މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ ތ ތިމަރަފުށީ ފެހުނު އަހުމަދު ހާމީން،  އާއި ހުޅުމާލެ ފްލެޓް 36-205  އުމުރުން 18 އަހަރުގެ ފާތުމަތު ސަމާ އެވެ.

މި ދެ ޒުވާނުންގެ މަރާމެދު ވަނީ ސުވާލުތަކެއް އުފެދި އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. ފުލުހުން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް މަރުވި ދެމީހުންގެ ހަށިގަނޑުން ނެގުމަށްފަހު އާއިލާއާއި ހަވާލުކޮށްފައި ވަނީ ހުކުރުދުވަހުގެ ހެނދުނު 11:13 ހާކަށް ހާއިރުއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެސްޓުތައް ދަނީ މިހާރު ހަދަމުންކަމަށާއި ތަހުގީގު ކުރެވެމުންދާ މައްސަލައަކަށްވާތީ އިތުރަށް މައުލޫމާތު ދެވެން ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް