ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 21:16
ރޯވި ޓެކްސީ
ރޯވި ޓެކްސީ
އެމްއެންޑީއެފް
ކާރެއްގައި އަލިފާން ރޯވުން
ދަތުރު ކުރަމުންދިޔަ ޓެކްސީއެއްގައި އަލިފާން ރޯވެއްޖެ
އަލިފާން ރޯވި ސަބަބެއް ނޭނގޭ
މީހަކަށް ގެއްލުމެއް ނުލިބޭ

ބޮޑު ތަކުރުފާނު މަގުން ދަތުރުކުރަމުން ދިޔަ ޓެކްސީއެއްގައި އަލިފާން ރޯވެއްޖެ އެވެ. 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހީމް އާޒިމް ވިދާޅުވީ ޓެކްސީގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ 20:34 ހާއިރު ކަމަށާއި ފަޔަރ ފައިޓަރުންގެ ޓީމެއް އަލިފާން ނިއްވާ ސާމާނާއެކު އެސަރަހައްދަށް ގޮސް ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ޓެކްސީ ދަތުރު ކުރިއިރު ޑްރައިވަރުގެ އިތުރުން ދެ ފަސިންޖަރުން ޓެކްސީ ތެރޭގައި ތިބިކަމަށެވެ. އަދި އެއްވެސް މިހާކަށް އަނިޔާ ލިބިފައިނުވާ ކަމަށެވެ. 

ކާރުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ. 

މި ހާދިސާގައި ޓެކްސީގެ ހުރިހާ ސީޓަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ހާދިސާ ދަނީ ތަހްގީގުކުރަމުންނެވެ، 

..މީގެ ދެ ދުވަސް ކުރިންވެސް ލޮނުޒިޔާރަތް މަގުގައި އޮތް ކާރެއްގައި އަލިފާން  ރޯވެ ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް