ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 21:09
ހުޅުމާލޭގައި މަރުވި ދެ މީހުން
ހުޅުމާލޭގައި މަރުވި ދެ މީހުން
ރާއްޖެއެމްވީ
މަރުވި ދެ ޒުވާނުން
ކުއްލި ގޮތެއްގައި މަރުވި ދެ ޒުވާނުން ވަޅުލައިފި
މަރުގެ ހާދިސާ ހިނގި ސަރަހައްދުން ވަނީ ޕާޓީ ޑްރަގްސް ފެނިފަ

ހުޅުމާލޭގައި ރޭ މަރުވި ދެ ޒުވާނުން ވަޅުލައިފިއެވެ.

ހުޅުމާލެއިން ރޭ މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ ތ ތިމަރަފުށީ ފެހުނު އަހުމަދު ހާމީން،  އާއި ހުޅުމާލެ ފްލެޓް 36-205  އުމުރުން 18 އަހަރުގެ ފާތުމަތު ސަމާ އެވެ.

މި ދެ ޒުވާނުންގެ ކުއްލި މަރާ ގުޅިގެން މަރުގެ މައްސަލާގައި އެމީހުންގެ ގާތް އެކުވެރިންގެ ތެރެއިން ހަތަރު މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ. އެމީހުން ހައްޔަރުކުރީ ހުޅުމާލޭ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިންނެވެ.

ހައްޔަރުކޮށްފައި ވަނީ ތިން ފިރިހެންނުންނާއި އަންހެނެކެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުގެ ހާދިސާ ހިނގި ސަރަހައްދުން "ޕާޓީވޑްރަގްސް" ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. އަދި އެކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް މަރުވި ސަބަބާ ގުޅޭ ގޮތުން ފުލުހުން ބަހެއް ނުބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް