ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 11:46
ހުޅުމާލޭގައި ހިނގި ހާދިސާގައި މަރުވި ދެ ޒުވާނުން
ހުޅުމާލޭގައި ހިނގި ހާދިސާގައި މަރުވި ދެ ޒުވާނުން
ރާއްޖެއެމްވީ
ހުޅުމާލެ
ހުޅުމާލޭގައި ހިނގި މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް ތަނެއް ބަލާ ފާސްކުރަނީ
ހަތަރުތަނެއް ބަލާ ފާސްކުރަމުން ދަނީ ކޯޓް އަމުރެއްގެ ދަށުން
މަރުވި ދެ ޒުވާނުންގެ ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފަ
މަރުގެ ހާދިސާ ހިނގި ސަރަހައްދުން ވަނީ ޕާޓީ ޑްރަގްސް ފެނިފަ

ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ދެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް ތަނެއް ބަލާ ފާސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގެ  ތަނެއް ބަލާ ފާސްކުުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. 

ފުލުހުންގެ އޮފިޝަލް ވިދާޅުވީ މަރާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ހައްޔަރު ކޮށްފައި ވަނީ ތިން ފިރިހެންނުންނާއި އެއް އަންހެނެއް ކަމަށެވެ. 

މީގެއިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުގެ ހާދިސާ ހިނގި ސަރަހައްދުން " ޕާޓީޑްރަގްސް" ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. އަދި އެކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަސް އޮފިޝަލް ވިދާޅުވިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވި ދެ ޒުވާނުންގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށާއި އެ ދެ ޒުވާނުންގެ ހަށިގަނޑު އާއިލާއާ ހަވާލު ކޮށްފައި ވަނީ ދެ މީހުންގެ ހަށިގަނޑުން ސާންޕަލްތަކެއް ނެގުމަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ ދެމީހުން މަސްތުވާތަކެތި ބޭނުން ކޮށްފައިވާކަން ނުވަތަ ނޫންކަން ސާފްވާނީ ސާންޕަލްތަކުގެ ޓެސްޓް ނަތީޖާ ލިބުމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

ހުޅުމާލެހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 20:30 އެހާކަން ހާއިރު ގެނބިގެން  ޒުވާން ދެ ފިރިހެނުން އެ ހޮސްޕިޓަލަށް ގެނައިއިރު، އެތަނުން އެކަކު ވަނީ މަރުވެފަ އެވެ. އަދި  އަނެކަކު ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އެކަމަކު އޭނާ އޮތީ "ޝޮކް"ގައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ. 

މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ އެ ދެ މީހުން ހޮސްޕިޓަލަށް ގެނައިތާ އިރުކޮޅެއް ފަހުން  ފުލުހުން ވެސް އިތުރު އަންހެނަކު ގެނބިގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެނައި އިރު އޭނާ  އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ. 

ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ގެނބިގެން މަރުވެފައިވަނީ 18 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 21 އަހަރުގެ ފިރިހެނަކަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 ސެޕްޓެންބަރ 2017 | ހުކުރު 14:32
ޝޮކް
ތާހިރު ވެއްޖެތަ؟