ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 14:23
"މައުލޫމާތު ހާމަކުރުމުގެ ރަންވަނަ - 2017" ލިބުނު އޭސީސީއަށް އެވޯޑް ހަވާލު ކުރައްވަނީ
"މައުލޫމާތު ހާމަކުރުމުގެ ރަންވަނަ - 2017" ލިބުނު އޭސީސީއަށް އެވޯޑް ހަވާލު ކުރައްވަނީ
ޓްވިޓަރ
މަސީހު
ރާއްޖޭގެ ނޫސްވެރިން "ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރު ވުމަށް މަސައްކަތް ކުރޭ: މަޖިލީހުގެ ރައީސް
ފޭކް ނިއުސް ފަތުރަނީ ޚަބަރެއް ރައްދުވާ ފަރާތެއް ދެރަކޮށް ނިކަމެތި ކޮށްލަން
ރާއްޖޭގެ ނޫސްވެރިން މިހާރު ކުރަނީ ފިލްމް އިންޑަސްޓްރީތަކުގައި ކުރާ މަސައްކަތް
ގެނެސް ދޭން ޖެހޭ ޚަބަރަކީ ގައުމު ތަރައްގީ ކުރާ ވާހަކަ

ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިން " ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރުވުމަށް މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ. 

މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދުވަސް ފާހަގަ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ދިވެހި މީޑިއާތަކުގައި ފޭކު ޚަބަރުތައް ފެތުރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. 

ނޫސްވެރިންނާ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ދިވެހި ނޫސްވެރިން "ފޭކް ނިއުސް" ފަތުރަނީ ޚަބަރެއް ރައްދުވާ ފަރާތް ދެރަ ކޮށްލުމުގެ ގޮތުންނާއި އަދި މަޝްހޫރު މީހުންނާ ގުޅޭ ގޮތުން އަސްލެއް ނެތް ދޮގު ޚަބަރު ފަތުރައިގެން ނޫސްވެރިޔާ މަޝްހޫރުވުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން މިހާރު އަމަލުކުރަމންދާ ގޮތަކީ ޑިމޮކުރެސީއާ ވަަރށް ދުރު އަދި ޑިމޮކްރެސީ މުޅިން ފުނޑާލާފަދަ ގޮތްތަކެއް ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ވާހަކަ ހަދައިގެން ދެއްކުމަކީ ތަމްސީލް ކުޅުމަކީ ފިލްމް އިންޑަސްތްރީތަކުގައި ކުރާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިން މިއަދު ކުރަނީ ފިލްމް އިންޑަސްޓްރީތަކުގައި ކުރާ މަސައްކަތް ކަމަށް މަސީހު ވިދާޅުވިއެވެ. 

ޚަބަރު ގެނެސްދޭން ޖެހޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަސީހު ވިދާޅުވީ  ޚަބަރަކީ ކަމެއް ހިނގި ގޮތަށް ނުވަތަ ތަނެއްގައި ވީ ކަމެއް އެކަމެއް ހިނގި ގޮތަކަށް އެއްވެސް އުނިއިތުރެއް ނުގެނެސް ގެނެސް ނުވާނެ ކަމަށެވެ. ނަމަވެސް އެ ވީކަމެއް ނުވަތަ ހިނގި ކަމެއްގެ ވަކި ބައެއް ނުވަތަ ވަކި ތަންކޮޅެއް ނަގައިގެން އެކި ވާހަކަތައް އިތުރު ކޮށްގެން ގެނެސް ދިނުމަކީ އެއީ  ޚަބަރު ގެނެސް ދިނުން ނުވަތަ  ޚަބަރު ލިޔުން ނޫން ކަމަށް މަސީހު ވިދާޅުވިއެވެ. އަދި ގައުމު ތަރައްގީގެ މަަގަށް މިސްރާބް ޖަހަފައިވާއިރު ފިލްމް އިންޑަސްޓްރީތަކުގައި ކުރާ ކަންކަން ރާއްޖޭގެ ނޫސްވެރިން ހުއްޓާލަން ޖެހޭ ކަމަށާއި ޚަބަރާއި މައުލޫމާތު ގެނެސް . ދިނުމުގައި ސަމާލުވާން ޖެހޭ ކަމަށް މަސީހު ވިދާޅުވިއެވެ. 

މީގެއިތުރުން މަސީހު ވިދާޅުވި ގޮތުގައި ގެނެސް ދޭން ޖެހޭ  ޚަބަރަކީ ނުވަތަ ލިޔަން ޖެހޭ  ޚަބަރަކީ ގައުމުތަރައްގީ ކުރާ ވާހަކައާއި ގައުމަށް އަންނަ ކުރިއެރުމުގެ ވާހަކައެވެ. އަދި އެ ނޫން ގޮތްގޮތަށް  ޚަބަރު ހަދައިގެން ފެތުރުމަކީ ގައުމަށް ދޭ ހަމަލާ އެއް ކަމަށާއި އެއީ ގައުމަށް ދޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މަސީހު ވިދާޅުވިއެވެ. އަދި ގައުމުގެ ތަރައްގީ އަށްޓަކައި ކުރާ ކަންކަމުގެ ވާހަކަ ނުގެނެސް "ފޭކް ނިއުސް" ފެތުރުމުގެ ސަބަަބުން ގައުމަށް އަންނަން ތިބޭ އިންވެސްޓަރުން ވެސް ނާންނަ ކަމަށާއި އެއީ މުޅި ގައުމަށް ލިބިގެންދާ ހިތާމައެއް ކަމަށް މަސީހު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 ސެޕްޓެންބަރ 2017 | ހުކުރު 14:31
ސައްޕޭަ
މަސީހު އެދައްކަނީ މުޅިން ފޭކު ވާހަކަ، ތިބޭފުޅުންނަށް ހީވޭތަ ފޭކު ދޮގު ޚަބަރެއް ފަތުރާފިނަލަ އެޓީވީޗެނަލަކާއި މީހުނާއި ކެމަރާތަކާއި އެދެއްކި ޓީވީ ވެސް ހުކުމްކޮށްފައި ޖަލަށްނުލާ މިވެރިންނަށް ތިބެވޭނެހެން