ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 09:46
ސިހުރު ހެދުމަށް ބޭނުންކުރަނިކޮށް ފުލުހުން އަތުލައިގެންފައިވާ ބައެއް ތަކެތި
ސިހުރު ހެދުމަށް ބޭނުންކުރަނިކޮށް ފުލުހުން އަތުލައިގެންފައިވާ ބައެއް ތަކެތި
ޕޮލިސް
ސިހުރުހެދުން
ސިހުރުވެރިންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފި
މި ބައްދަލުވުން ބޭއްވީ އެފަދަ މީހުންނާއި މެދު އަޅާނެ ފިޔަވަޅުތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން
މިދިޔަ އަހަރު އެފަދަ 10 ވަރަކަށް މައްސަލަ މީޑިއާގައި ރިޕޯޓްކޮށްފައިވޭ

ސިހުރުވެރިންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް ފުލުހުންނާއި، ކަމާގުޅޭ މުއައްސަސާތަކުން މަޝްވަރާކޮށްފިއެވެ

ސިހުރު ހާހޫރަ އާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތާއި އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައި މިވަނީ ފުލުހުން އިސް ނަގައިގެންނެވެ.

ފުުލުހުން ބުނީ ސިހުރު ހަދާ މީހުންްނާ މެދު ފިޔަވަޅު އެޅުމާއި އެކަމާ ބެހޭ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ބުރާސްފަތިދުވަހުގެ މެންދުރު ފަހު ބައްދަލުވުމެއް ބޭއްވީ ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. ބައްދަވުލުވުމުގައި ބައިވެރިވީ އިސްލާމިކް މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
ސިހުރު ހެދުން މި ފަހަކަށް އައިސް އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ބައެއް މީހުންވަނީ ސިހުރު ހަދަން ގެންގުޅޭ ތަކެއްޗާއި އެކު ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ، މިދިޔަ އަހަރު އެފަދަ 10 ވަރަކަށް މައްސަލަ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް