ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 09:50
ހުޅުމާލޭ ހޮސްޕިޓަލް
ހުޅުމާލޭ ހޮސްޕިޓަލް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ
ހުޅުމާލޭގައި ހިނގި މަރާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ފުލުހުންގެ ބެލުމުގެ ދަށުން ދެ މީހެއްގެ ޓެސްޓްތަކެއް ހަދާފައިވޭ
މަރުވެފައި ވަނީ އަންހެނަކާއި ފިރިހެނެއް
ދެ މީހުން މަރުވީ ގެނބިގެން ކަމަށް ބުނޭ

ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް މަރުވި ހާދިސާއާ ގުޅިގެން މީހަކު ފުލުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ހުޅެމާލޭ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނިން ބުނެފިއެވެ. 

އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ހިނގި މަރުގެ ހާދިސާއާ ގުޅިގެން ފުލުހުުންގެ ބެލުމުގެ ދަށުން ދެ ފިރިހެނަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސް ޓެސްޓްތަކެއް ހަދާފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަނެއް މީހާ ޓެސްޓްތައް ހެދުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އާސަންދައިން މައުލޫމާތުދެއެވެ. 

އޮފިޝަލް ވިދާޅުވީ އެ ދެމީހުންގެ ހަދާފައި ވަނީ ކޮންޓެސްޓްތަކެއް ކަން ނުވަތަ އެ ޓެސްޓްތަކާ ގުޅޭ މައުލޫމާތު ދެވޭނީ ފުލުހުންނަށް ކަމަށެވެ. އަދި އެ ދެމީހުން ޓެސްޓަކެއް ހަދަން ގެނައި ސަބަަބު ވެސް ހާމަ ކުރެވޭނީ ފުލުހުންނަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

މީގެއިތުރުން އާސަންދައިގެ އޮފިޝަލް ވިދާޅުވީ މަރުވި ދެ ޒުވާނުންގެ ހަށިގަނޑު އަދި ވެސް އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ. އަދި ހަށިގަނޑު ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކަމަށެވެ. 

މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅި ނަމަވެސް ފޯނަށް ޖަވާބް ނުދެއް ވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން މަރުވެފައި ވަނީ ހުޅުމާލެ ޓްރެކް ސަރަހައްދަށް މޫދަށް އެރިއުޅުމުގެ ތެރޭގަ އެވެ.

ހުޅުމާލެހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 20:30 އެހާކަން ހާއިރު ގެނބިގެން  ޒުވާން ދެ ފިރިހެނުން އެ ހޮސްޕިޓަލަށް ގެނައިއިރު، އެތަނުން އެކަކު ވަނީ މަރުވެފަ އެވެ. އަދި  އަނެކަކު ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އެކަމަކު އޭނާ އޮތީ "ޝޮކް"ގައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ. 

މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ އެ ދެ މީހުން ހޮސްޕިޓަލަށް ގެނައިތާ އިރުކޮޅެއް ފަހުން  ފުލުހުން ވެސް އިތުރު އަންހެނަކު ގެނބިގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެނައި އިރު އޭނާ  އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ. 

މިކަމުގެ މައުލޫމާތު އޮޅުން ފިލުވުމަށް ފުލުހުންނަށް ގުޅުމުން މީޑިއާ އޮފިޝަލް ވަނީ ހުޅުމާލޭގެ ޓްރެކް ސަރަހައްދުގައި މޫދަށް އެރިއުޅުނު ދެ މީހަކު ގެނބިގެން މަރުވެފައިވާކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. މީގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ގެނބިގެން މަރުވެފައިވަނީ 18 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 21 އަހަރުގެ ފިރިހެނަކަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 ސެޕްޓެންބަރ 2017 | ހުކުރު 10:48
Yellow
??Vaanuvaa ingey the eba