ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 09:27
ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް
ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް
ފޭސްބުކް
ދިއްދޫ ކައުންސިލު
ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ
ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރު ތެރޭގައި ހިނގާ ކޮރޮޕްޝަނާއި ވައްކަން ފޮރުވަން
ރައްޔިތުންގެ ނިންމުތަކަށް މި ސަރުކާރުން އިހުތިރާމެއް ނުކުރޭ
ސަރުކާރުން ހިންގާ ޖަރީމާތަކަށް ހިތި ގޮތަކަށް ރައްޔިތުން ރައްދު ދޭނެ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހއ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރީ ދިއްދޫގައި އިމާރާތް ކުރި ހައުސިން ޔުނިޓްތައް ސަރުކާރުން އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތް ގޮތެއްގައި ބަހައި ހުސްކުމުގެ ގޮތުން ހައުސިން މިނިސްޓްރީން ހިންގި ބޮޑު ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ދިއްދޫ ކައުންސިލުން  ނުދިނުމުން އެކަމާ ގޮތް ހުސްވެގެން ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ބުނެފިއެވެ. 

އެލްޖީއޭއިން ހާޝިމް ސަސްޕެންޑް ކުރުމާ ގުޅިގެން އެމްޑީޕީގެ ދިއްދޫ ދާއިރާ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ދިއްދޫ ރައްޔިތުންގެ ނުހަނު ބޮޑު އަޢުލަބީއްޔަތަކުން ދިއްދޫ ކައުންސިލްގެ ހުރިހައި ގޮނޑިތަކާއި ދިއްދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ގޮނޑިތަކަށް އެމްޑީޕީގެ ކެނޑިޑޭޓުން އިންތިހާބް ކުރީ އެ ކެނޑިޑޭޓުންނަކީ އެއްވެސް ފަރާތެއްގެ ބިރުދެއްކުމަކަށް ޖެހިލުން ނުވެ ރައްޔިތުންނަށް ހިދުމަތް ކުރާނެ ކެނޑިޑޭޓުންކަން އެ ރައްޔިތުންނަށް އެނގި ކަށަވަރުވާތީ ކަމަށެވެ. 

ހަމައެހެންމެ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރި ކުރުމުން ދޭހަކޮށްދެނީ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ކައުންސިލަށް އިންތިހާބުވެވަޑައިގެން އަލީ ހާޝިމް އެކަން ސާބިތު ކޮށްދެއްވުނަ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. 

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަލީ ހާޝިމް އަކީ ރައްޔިތުންގެ ހައްގުގައި އެއްވެސް ފަރާތެއްގެ ބިރުދެއްކުމަށް ބޯލެންބެވުމެއް  އަދި އެއްވެސް ފަރާތެއްދެކެ ޖެހިލުންވެ ލައްވާނެ ބޭފުޅެއް ނޫނެވެ. އެހެން ކަމުން އަލީ ހާޝިމް އަކީ ދިއްދޫ ދާއިރާއިން ނުހަނަު ފަހުރުވެރިވާ ބޭފުޅެއް ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިސަރުކާރުގެ ވައްކަމާއި ކޮރޮޕްޝަނާއި ދެކޮޅަށް ތެދުވާ ކޮންމެ ފަރާތަކަށް މި ސަރުކާރުން ޢައިރުގާނޫނީ ނުފޫޒް ފޯރުވާ އެ ފަރާތެއްގެ އަޑު ކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބް ކުރި އަބްދުއްލަތީފް  މުހައްމަދުގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރި ކުރުމަކީ ސަރުކާރުގެ ހަޑިހުތުރު އަމަލުތައް ފޮރުވައި އެއާއި ދެކޮޅަށް ތެދުވާ ކޮންމެ ފަރާތެއް ނެތިކޮށްލުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ މިފަދަ އަމަލުތަކުން ދޭހަވަނީ ރައްޔިތުންގެ ނިންމުން ސަރުކާރަށް ހަޖަމް ނުވާ ކަމާއި މި ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތަކާއި ހިލާފަށް ހިންގަމުންދާ ވައްކަމާއި ފަސާދައާއި ކޮރޮޕްޝަންގެ ބޮޑު ހާޔެއް ކަމަށެވެ. އަދި ދިއްދޫ ރައްޔިތުން މަގާމްތަކަށް އިންތިހާބް ކުރާ ފަރާތްތަކަށް  ސަރުކާރުން ކަންތައް ކުރާ ގޮތް ގާތުން ބަލައި އޭގެ ރައްދު  ސަރުކާރުން ބައިވެރިވާ އިންތިހާބްތަކުގައި ހިތިގޮތެއްގައި  ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ރައްޔިތުންނަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް