ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 07:54
"މައުލޫމާތު ހާމަކުރުމުގެ ރަންވަނަ - 2017" ލިބުނު އޭސީސީއަށް އެވޯޑް ހަވާލުކުރައްވަނީ
"މައުލޫމާތު ހާމަކުރުމުގެ ރަންވަނަ - 2017" ލިބުނު އޭސީސީއަށް އެވޯޑް ހަވާލުކުރައްވަނީ
ޓްވިޓަރ
މައުލޫމާތު ހާމަކުރުން
މައުލޫމާތު ހާމަ ކުރުމުގެ "ރަންވަނަ" މިއަހަރުވެސް އޭސީސީއަށް!
މިދިޔަ އަހަރުވެސް މި އެވޯޑް ލިބިފައިވަނީ އޭސީސީއަށް
ކައުންސިލްތަކުން ހއ އަތޮޅު ކައުންސިލަށް
އެމްއެމްޕީއާރުސީގެ މައްސަލައަށް ގިނަ ދުވަސްތަކެއް ވީއިރުވެސް މައުލޫމާތު ހާމައެއް ނުކުރޭ

މައުލޫމާތު ހާމަކުރުމުގެ "ރަންވަނަ" މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހޯދައިފި އެވެ.

ބައިނަލްއަގުވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދުވަހާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ މައުލޫމާތު ހާމަކުރުމުގެ "ރަން ވަނަ" މިއަހަރު އޭސީސީން ހޯދިއިރު، މި އެވޯޑް ލޯކަލް ކައުންސިލްތަކުން ހޯދާފައިވަނީ ހއ. އަތޮޅު ކައުންސިލް އެވެ.

މައުލޫމާތު ހާމަކުރުމުގެ "ރަންވަނަ" އޭސީސީ ހޯދާފައިވާއިރު، އެމުއައްސަސާއަކީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ހުށަހެޅެމުން އަންނަ އެއް މުއައްސަސާއެވެ. ރާއްޖޭގައި ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތި ވެފައިވާއިރު، ގިނަ މައްސަލަތުގެ ފުރިހަމަ މައުލޫމާތު ދިނުމާއި މައްސަލަތައް ތަހުގީގު ކުރުން ލަސްވަމުންދާކަން ގިނަ ރައްޔިތުން ފާހަގަ ކުރެއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލަ 2015 އިން ފެށިގެން ތަހުގީގު ކުރަމުންދާއިރު މިހާތަނަށް އެމައްސަލައިގެ ރިޕޯޓް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ދައުލަތުގެ އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ބެލެވޭ 1.22 ބިލިއަން ރުފިޔާގެ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ހާމަ ނުކުރާކަން ވެސް ފާހަގަ ކުރެވެއެވެ.

މި އެވޯޑަކީ ދައުލަތުގެ އިދާރާތަކުން ގާނޫނުގައިވާ ގޮތުގެ މަތީން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން މައުލޫމާތު ހާމަކުރުމަށް ހިތްވަރުދިނުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ އެވޯޑެކެވެ. "މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" އަށް ހޮވޭ އިދާރާތައް ކަނޑައަޅައި އެކަން އިޢުލާނުކޮށް އެ ޝަރަފު ދެނީ ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު މަހު 28 ގައި ފާހަގަ ކުރާ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤްވާމީ ދުވަސް" ފާހަގަކުރުމަށްޓަކައި ބާއްވާ ޚާއްޞަ ޙަފުލާއެއްގައެވެ.

މިދިޔަ 2016 ވަނަ އަހަރު "މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" ޙާޞިލުކޮށްފައި ވަނީ ވެސް އޭސީސީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް