ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 07:48
ފްލެޓްތަކުގެ މައްސަލައާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ އަދި ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ރާއްޖެޓިވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ފްލެޓްތަކުގެ މައްސަލައާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ އަދި ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ރާއްޖެޓިވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
އަހުމަދު މުހުސިނު
ރައީސް ނަޝީދު
ފްލެޓްތަކުގެ ވައްކަން ހުއްޓުވާ: ރައީސް ނަޝީދު
ފްލެޓްތަކާއި ގުޅިގެން ގިނަ ރައްޔިތުން ދަނީ ޝަކުވާ ކުރަމުން
ފްލެޓްތައް ލިބޭ މީހުންގެ ނަންތައް ވަނީ ސިއްރުކޮށްފަ
ފްލެޓްތަކުގެ މައްސަލަ އޭސީސީން ދަނީ ބަލަމުން

ފްލެޓްތަކުގެ ވައްކަން ހުއްޓުވަން ގޮވާލައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫ ކައުންސިލަށް ހިތްވަރު ދެއްވައިފި އެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ލޯކަލް ގަވަރމަންމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ލިބިގެން ނުވާ ކަމަށެވެ. އަދި ފްލެޓްތަކުގެ ވައްކަން ހުއްޓުވުމަށް ގޮވާލައްވާ ރައީސް ނަޝީދު ވަނީ ދިއްދޫ ކައުންސިލަށް ސާބަސް ދެއްވައިފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އެލްޖީއޭއަށް ލިބިގެން ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އެލްޖީއޭއިން ވަނީ ހާޝިމް ސްޕެންޑް ކޮށްފަ އެވެ. އޭނާ ސަސްޕެންޑް  ކޮށްފައި ވަނީ ފްލެޓް ލިބޭކަމަށް ހައުސިންގ މިނިސްޓްރީން ނެރުނު ލިސްޓާއި ދެކޮޅު ހެދުމުންނެވެ.

ހައުސިންގ މިނިސްޓްރީން އާއްމު ކޮށްފައިވާ އެލިސްޓާ ހިލާފަށް ކައުންސިލުން އައު ލިސްޓެއް ނެރޭނެކަން ދޭހަވާފަދަ އިބާރާތަކުން އާއްމު ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމުގެ ލިޔެކިއުންތައް އެލްޖީއޭއަށް ލިބިފައިވާ ކަމަށާއި ރައްޔިތުންނަށް ނަމޫނާ ދައްކުވައިދޭންޖެހޭ މަޤާމެއްގައި ހުރެމެ އެކަށީގެން ނުވާ އިބާރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދައްކަވަމުން ގެންދާތީ ދޮގު މައުލޫމާތު ހާމަކުރާކަމަށް އެކިފަރާތްތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން އެއޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށް، އެލްޖީއޭއިން ހާޝިމް ސަސްޕެންޓް ކުރިކަމަށް ބުނެ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ. 

ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމު ކުރުމަށް ފަހު ހައުސިންގ މިނިސްޓްެރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދިއްދޫ ކައުންސިލް އެ މިނިސްޓްރީއަށް އެއްބާރުލުން ނުދޭކަމަށް ވިދާޅުވެފަ އެވެ. 

ރާއްޖޭގައި މިހާރު އިމާރާތް ކުރަމުންދާ އަދި މިހާރު ދެމުންދާ ގިނަ ފްލެޓްތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތް ކުރަން ފަށާއި އަދި ފައިނޭންސްގެ ކަންކަންވެސް ހަމަޖައްސާފައިވާ ފްލެޓްތަކެކެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް