ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 07:27
މަރޮށީގެ މަގެއް
މަރޮށީގެ މަގެއް
ފާތިމަތު ޝަނާ މުހައްމަދު
ކަރަންޓްގެ ޚިދުމަތް
މަރޮށީގައި ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ނުލިބި ތިން ދުވަސް
80 ކިލޯވޮޓްގެ އެއް ޖަނަރޭޓަރު ވަނީ ހަލާކުވެފައި
ޖަނަރޭޓަރު ހެދުމުގެ މަސައްކަތް ދަނީ ކުރަމުން
ޚިދުމަތްތައް ދިނުމަށް ހުރަސް އެޅިފައި

މަރޮށީގައި ކަރަންޓްގެ  ޚިދުމަތް އެކި ވަގުތުތަކުގައި ކެނޑެމުންދާ އިރު، ރަށުގެ ހުރިހާ ހިސާބަކަށް ކަރަންޓްގެ  ޚިދުމަތް ނުދެވޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން، އެރަށު ކައުންސިލްގެ ރައީސް އަޒީޒު ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން، ދޭތެެރެ ދޭތެރެއިން ކަރަންޓް ކެނޑޭ ކަމަށެވެ. ބުރާސްފަތި ދުވަހުގެ، ދުވާލުގެ ބޮޑުބައި ކަރަންޓް ނުލިބޭ ކަމަށާއި މިކަމުގެ ސަަބަބުން ކައުންސިލްގެ މަސައްކަތުގެ އިތުރަށް ޚިދުމަތްތައް ފޯރުކޮށްދޭ އެހެން ތަންތަނަނަށް ވަރަށް ބޮޑު އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒީޒު ވިދާޅުވީ، އެރަށުގައި ކަަރަންޓްގެ  ޚިދުމަތް ދިނުމަށް 80 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ބޭނުން ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން އެއް ޖަނަރޭޓަރު މައްސަލަ ޖެހިފައިވާ ކަމަށެވެ.

މިކަން ހައްލު ކުރުމަށް އެހެން ރަށެއްގެ އިންޖިނިއަރެއް އައިސް ޖަރަނޭޓަރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 އަޒީޒު ވިދާޅުވީ، ރޭގަނޑުގެ ވަގުތުތަކުގައި ކަރަންޓް ދެމުންދަނީ ރަށުގެ ދެބަޔަކަށް ގަޑިއިރުތަކަށް ބަހާލައިގެން ކަަމަށެވެ. ކަރަންޓްދޭ ވަގުތުތަކުގައިވެސް ކަރަންޓް ގިނައިން ބޭނުންވާ ޒާތުގެ ސާމާނު ބޭނުން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މަރޮށީގެ އިންޖީނުގެ ހިންގަނީ ފެނަކަ އިންނެވެ.

މަރޮށީގެ އިތުރުންވެސް، އެހެން ގިނަ ރަށްތަކަށްވެސް ކަރަންޓްގެ މައްސަލަތައް ދިމާވުން ވަނީ އިތުރުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް