ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 07:20
މަޑުއްވަރީ  ދައިރާގެ މެންބަރު މުހައްމަދު އަމީތު
މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު
މުހައްމަދު ޝަރުހާން
ކުނޫޒް ޖަލްސާ
މި ސަރުކާރު ނިމުމަކާ ގާތްވެފައިވާކަން އެނގެނީ ރީކޯ މޫސާ މަނިކު ޕީޕީއެމް ޕޯޑިއަމްތަކަށް އެރުމުން: އަމީތު
ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަމާ މެދު އަދި ފިޔަވަޅު އެޅޭނެ
މަޖިލިސް މެންބަރުންތަކުގެ ގޮނޑި ގެއްލުވާލީ ފަހަތަށް ޖެއްސުމަށް
ހައުސިންގ މިނިސްޓްރީން ފްލެޓް ދިން ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނަން

މި ސަރުކާރު ނިމުމަކާ ގާތްވެފައިވާކަން އެނގެނީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު، ޕީޕީއެމް ޕޯޑިއަމްއަށް އެރުއްވުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެެވެ.

މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ، ސަރުކާރުން ނިމުމަކާ ގާތްވަމުންދާކަމުގެ އަލާމާތްތައް ފެންނަމުންދާ ކަމަށެެވެ. އެގޮތުން، މަޖިލީހުގެ ނައިބު ރައީސަކަށް ހުންނެވި  މޫސަ ޕީޕީއެމް ޕޯޑިއަމްތަކުން ފެނުން އެއީ އޭގެ އެއް ހެކި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަންނަވަންތޯ ރީކޯ މޫސަ މީ ކާކުތޯ. ހަގީގަތުގައި ޕާޓީތަކުގެ އިސް ސަފުގައި ތިބެން ޖެހޭނީ ހިކުމަތްތެރި ބޭފުޅުން. ކޮންމެެވެސް ވަރަކަށް އިލްމު ލިބިވަޑައިގެން ތިއްބެވި ހިކްމަތު އަމަލުގެ ބޭނުން ހިފަންޖެހޭ ބޭފުޅުން. ހަމައެއް ލަމައެއް ނެތް. ތައުލީމެއް ހާސިލްކޮށްފަ ނެތް. އުސޫލެއް ގަބޫލު ނުކުރާ. މަގުމަތީގައި ކޯޓު ހައްދަވާފައި އުއްތަމަ ފަނޑިޔާރުކަށް ހެނދިގެން ހުސް އަނގަ ތަޅަން ފެށީމަ ދެން އެ ސަރުކާރެއް ދާނީ ވެއްޓިގެން. އެމްޑީޕީގެ ވެރިކަން ވެއްޓުނު އިރު އަޅުގަނޑުމެންނަކީ އެ މަންޒަރުތައް ދުށް މީހުން،" އަމީތު ވިދާޅުވި އެވެ.

އަމީތު އިތުރަށް ވިދާޅުވީ މި ސަރުކާރުން ގާނޫނާއި ގަވައިދާ ހިލާފަށްކުރާ ކަންކަމަށް ނޫނެކޭ ބުނުމުން އިދިކޮޅު ފަރާތްތައް ފަހަތަށް ޖެއްސުމަށް އެތައް ފިޔަަވަޅުތަކެއް އަޅަމުންދާ ކަމަށެެވެ. އެގޮތުން މަޖިލީހުގެ މެންބަރުކަން ގާނޫނާ ގަވައިދާ ހިލާފަށް ގެއްލުވާލުމުން ފަހަތަށް ޖެހޭނެ ކަމަށް ހީކުރި ކަމަށެވެ. އެެހެން ނަމަވެސް، މީގެ އެެއްވެސް ކަމަކަށް ފަހަތަށް ނުޖެހޭނެ ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މެންބަރުން މާޒީން އިބުރަތް ހާސިލު ކުރަންޖެހޭ ކަމަށާއި ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.

އަދީބަށް އިޝާރާތް ކުރައްވާ އަމީތު ވިދާޅުވީ، އަދީބު ކުރެއްވި ކަމަށް ވިދާޅުވެ އެއްވެސް ކަމެއް ރައީސް ޔާމީނަށް ދެއްކެވިފައި ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ގާނޫނީ ފިޔަވަޅުތައް އެޅޭ އިރު ބެދިގެންދާނީ، އިސް މަގާމުގައިތަކުގައި ތިބޭ ފަރާތްތައް ކަމަށް އަމީތު ވިދާޅުވި އެވެ.

ސަރުކާރުން ފްލެޓް ދިނުމުގައި ވެސް އަމަލު ކޮށްފައިވަނީ އިންސާފުން ބޭރުންކަން ފާހަގަ ކުރައްވައި އަމީތު ވިދާޅުވީ ފްލެޓް ލިބުނު ފަރާތްތައް ހާމަކުރުމަށް ހައުސިން މިނިސްޓްރީން ދެކޮޅު ހަދާ އިރު އެ ލިސްޓު ނެރެ ރައްޔިތުންނަށް ދައްކާނެ ކަމަށެވެ. މިކަންކަން ވެގެންދިޔަ ގޮތް ފަލީހަތް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުއާ ގުޅޭ ގޮތުން އަމީތު ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ ކޮމެންޓެއް ހޯދުމަށް ރާއްޖެ އެމްވީއިން ވިދާޅުވީ އަމީތުގެ ވާހަކަތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ޖެހޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 ސެޕްޓެންބަރ 2017 | ހުކުރު 07:46
އަމީތ
ޢޭ އަމީތް! މޫސައަށް ޗެލެންޖް ނުކުރައްޗޭ. މޫސަ ޔާމީން އަށް ހެޔޮއެދޭނެ އެއްވެސް ގޮތެއް ނޯންނާނެ. މިހާރު މިމަޑުކުރަނީ ވިޔަފާރިއައްޓަކައި. އޯކެ!!!