ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 23:17
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
މުހައްމަދު ފަޒީން
ގެނބިގެން މަރުވުން
ހުޅުމާލޭގައި އަންހެނަކާއި ފިރިހެނެއް ގެނބިގެން މަރުވެއްޖެ
މިކަމެއް ހިނގީ ހުޅުމާލެ ޓްރެކް ސަރަހައްދުގައި ކަމަށްވޭ

ހުޅުމާލޭގައި އަންހެނަކާއި ފިރިހެނެއް ގެނބިގެން މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން މަރުވެފައި ވަނީ ހުޅުމާލެ ޓްރެކް ސަރަހައްދަށް މޫދަށް އެރިއުޅުމުގެ ތެރޭގަ އެވެ.

ހުޅުމާލެހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 20:30 އެހާކަން ހާއިރު ގެނބިގެން  ޒުވާން ދެ ފިރިހެނުން އެ ހޮސްޕިޓަލަށް ގެނައިއިރު، އެތަނުން އެކަކު ވަނީ މަރުވެފަ އެވެ. އަދި  އަނެކަކު ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އެކަމަކު އޭނާ އޮތީ "ޝޮކް"ގައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ. 

މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ އެ ދެ މީހުން ހޮސްޕިޓަލަށް ގެނައިތާ އިރުކޮޅެއް ފަހުން  ފުލުހުން ވެސް އިތުރު އަންހެނަކު ގެނބިގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެނައި އިރު އޭނާ  އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ. 

މިކަމުގެ މައުލޫމާތު އޮޅުން ފިލުވުމަށް ފުލުހުންނަށް ގުޅުމުން މީޑިއާ އޮފިޝަލް ވަނީ ހުޅުމާލޭގެ ޓްރެކް ސަރަހައްދުގައި މޫދަށް އެރިއުޅުނު ދެ މީހަކު ގެނބިގެން މަރުވެފައިވާކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އީގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ގެނބިގެން މަރުވެފައިވަނީ 18 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 21 އަހަރުގެ ފިރިހެނަކަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް