ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 21:16
ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
ރައީސް އޮފީސް
ބްރޯޑްކާސްޓިންގ ކޮމިޝަން
ހުއްދަ ނެތި ރީބްރޮޑްކާސްޓް ކުރި މައްސަލައެއްގައި ކުންފުންޏެއް 46000ރ. އިން ޖޫރިމަނާކޮށްފި
ޖޫރިމަނާ ކޮށްފައިވަނީ އިޖަފް ޕްރައިވެޓް ލިމިޑެޓް
21 ޗެނަލެއް ގަވައިދާ ހިލާފަށް ދައްކާފައިވޭ
30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަންޖެހޭ

ހުއްދަ ނެތި ރީބްރޮޑްކާސްޓު ކުރި މައްސަލައެއްގައި ވ.ފެލިދޫގައި ކޭބަލް ޓީވީގެ  ޚިދުމަތްދޭ ކުންފުންޏެއް 46000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

މިއަހަރު ޖުލައި މަހު ހުށަހެޅި ޝަކުވާއާ ގުޅިގެން ޖޫރިމަނާ ކޮށްފައިވަނީ އިޖަފް ޕްރައިވެޓް ލިމިޑެޓް އެވެ.

މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން މިދިޔަ އޮގަސްޓް މަހު އިޖަލް ކުންފުނިން ބުނެފައިވަނީ، ވ.ފެލިދޫގައި ދެމުންގެންދާ ޚިދުމަތް ޑިޖިޓަލް ޚިދުމަތެއްގެ ގޮތުގައި ފެށުމަށްޓަކައި މިހާރު ކުރިއަށް ގެންދަނީ ނެޓްވޯކް އަޕްގްރޭޑް ކުރުމާއި ސިސްޓަމް ޓެސްޓްކުރުމުގެ މަސައްކަތް ކަމަށާއި، ކުންފުނީގެ ފަރާތުން ޕެކޭޖް ވިއްކައިގެން އެ ޚިދުމަތް ދިނުމަށް އަދި ފެށިފައިނުވާ ކަމަށެެވެ.

އެހެންނަމަވެސް އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ. ފެލިދޫގައި ހުއްދަ ނެތި ބޭރުގެ 21 ޗެނަލެއް ރީބްރޯޑްކާސްޓް ކުރާކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެ އެވެ. އެކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ބްރޮޑްކާސްޓް ކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ ދަށުންނެެވެ. އެގޮތުން ގަވައިދާ ހިލާފަށް ދެއްކި ކޮންމެ ޗެނަލަކަށް 2000ރ. ގެ މަގުން 42000ރ. ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އިޖަފް ޕްރައިވެޓް ލިމިޓެޑަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވަނީ، ޓީ.ވީ.އެމް، ވީ.ޓީ.ވީ، ރާއްޖެ ޓީވީ އަދި ދި ޓީވީ ބޭސިކް ޕެކޭޖްގެ ގޮތުގައި ހިމެނުމަށް ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ޕެކޭޖެއް ނުވަތަ ޑިކޯޑަރެއްގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނެ އެވެ. އަދި މި އަހަރުގެ ޖުލައި 15 ވަނަ ދުވަހުން ފެށިގެން  ޚިދުމަތްދޭން ފަށާފައިވާ އިރު 495ރ.  އަށް ޑީކޯޑަރު ވިއްކާފައިވާ ކަމަށް  ފެލިދޫ ކައުންސިލްގެ ލިޔެކިޔުންތަކުން ސާބިވާ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެ އެވެ.

ރީބްރޯޑްކްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އަދި 32 ވަނަ މާއްދާގެ (ހ) އާ އިޖަފް ޕްރައިވެޓް ލިމިޓެޑް ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 ވަނަ ނުކުތާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް ހިދުމަތަކަށް ނަގާފައިވާތީ 2000ރ. އިން ޖޫރިމަނާ ކުރުމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެގޮތުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެފައިސާ އެކޮމިޝަނަށް ދެއްކުމަށް އިޖަފް ޕްރައިވެޓް ލިމިޑެޓަށް ވަނީ އަމުރުކޮށްފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް