ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 21:08
ކުނި މެނޭޖްކުރާ ސެންޓަރު ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ
ކުނި މެނޭޖްކުރާ ސެންޓަރު ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ
އެންވަރަންމަންޓް މިނިސްޓްރީ
ކުނި މެނޭޖް ކުރުން
އަށް ރަށެއްގެ ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި
ހުރިހާ މަޝްރޫއެއްވެސް ކުރިއަށްދަނީ ސަރުކާރު ބަޖެޓްގެ ތެެރެއިން
މި މަޝްރޫއުތައް ގާތްގަނޑކަށް 3 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ
މި ރަށްތަކުގެ ތެރޭގައި އެކި އަތޮޅުތަކަށް ނިސްބަތްވާ ރަށްތައް ހިމެނޭ

އަށް ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީން ފަށައިފި އެވެ.

މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައި ވަނީ ހދ. ނޮޅިވަރަންފަރާއި ހއ. ހޯރަފުށްޓާއި، ނ.މާފަރާއި، ގއ. ކަނޑުހުޅުދޫއާއި، ގއ. ދާންދޫ އާއި ވ.ފުލިދޫ އާއި ގއ. ދާންދޫ އާއި ގއ.ކޮލަމާފުށީގެ އިތުރުން ގދ. ތިނަދޫ އެވެ. މިހުރިހާ ރަށެއްގެ މަސައްކަތް ކުރުމަށް  ހަވާލު ކުރި ފަރާތްތަކާ އެކު އެންވަޔަރަމެންޓް  މިނިސްޓްރީން ވަނީ ސޮއިކޮށްފަ އެވެ.

 މި މަޝްރޫއުތަކުގެ ތެރެއިން ހދ. ނޮޅިވަރަންފަރުގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމް ކުރުމަށް ހަވާލުކޮށްފައި ވަނީ އައި.އެސް.އެފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ސަރުކާރު ބަޖެޓުން ހަރަދުކުރާ މި މަޝްރޫއު އަށް އެއް މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހއ. ހޯރަފުށީގެ ކުނި މެނޭޖްކުރާ ސެންޓަރު ގާއިމް ކުރުމަށް ނުވަ ލައްކަ ހަރަދުކުރާ އިރު ނ. މާފަރުގެ ކުނި މެނޭޖު ކުރާ ސެންޓަރަށް އެއް މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ. ގއ. ކަނޑުހުޅުދޫގެ މަޝްރޫއަށް އެއް މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ގއ. ދާންދޫއަށް އަށް ލައްކަ ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ވ. ފުލިދޫގެ ކުނި މެނޭޖްމެންްޓް ސެންޓަރަށް އެއް މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.

ގއ. ކޮލަމާފުށީގެ މަޝްރޫއަށް އެއް މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ގދ. ތިނަދޫގެ ކުނި މެނޭޖްމެންޓްކުރުމަށް އެއް މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލު ކުރެވިފައިވާ މަޝްރޫއުތަކެކެވެ. 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް