ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 18:58
ބިލެތްފަހީ އިންޖީނުގެ ރޯވެ އަނދާ ހުލިވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު
ބިލެތްފަހީ އިންޖީނުގެ ރޯވެ އަނދާ ހުލިވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު
ރާއްޖެ އެމްވީ
ބިލެތްފަހީގެ ކަރަންޓް މައްސަލަ
ބިލެތްފަހީގައި އާ އިންޖީނުގެއެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ބިލެއްފަހި އިންޖީނުގޭގައި ރޯވީ ބޭނުން ކުރަމުން ދިޔަ އިންޖީނު ލޯޑު ބޮޑުވުމުގެ ސަބަބުން އިންޖީނުގެ ޓާބޯގައި ރޯވެެގެން
މިހާރު ކަރަންޓް ދެމުންދަނީ ވަގުތީ ހަޓެއްޖަހައިގެން ހިޔާކޮށްގެން އެތަނުގައި

ށ. ބިލެތްފަހި އިންޖީނުގެ އެއްކޮށް އަނދާ ހުލިވުމާއި ގުޅިގެން އެރަށުގައި އަލުން އިންޖީނުގެއެއް  އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.



ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ  އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ މައުލޫމާތާއި ކުރެހުމާއި ބީއޯކިޔުއާ އެއްްގޮތަށް ބިލެތްފަހީގައި ޕްރީފެބްރިކޭޓެޑް ޕަވަ ހައުސްއެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ. 
އެ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 11:30 އަށް އެ ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.



ބިލެތްފަހި އިންޖީނުގޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގީ މުޅި ރަށަށް ކަރަންޓު ފޯރުކޮށްދޭން ބޭނުން ކުރަމުން ދިޔަ އިންޖީނު ލޯޑު ބޮޑުވުމުގެ ސަބަބުން އިންޖީނުގެ ޓާބޯގައި ރޯވުމާއި ގުޅިގެންނެވެ.ބިލެތްފައްސަށް މިހާރު ކަރަންޓް ދެމުންދަނީ ވަގުތީ ހަޓެއްޖަހައިގެން ހިޔާކޮށްގެން އެތަނުގައި ޖަނަރޭޓަރު އިންސްޓޯލް ކޮށްގެންނެވެ.


އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅެމުން އަންނަ ބިލެތްފަހީގައި ހިނގި އެ ހާދިސާއާ ގުޅިގެން އެ ރަށް ކަނު އަނދިރީގައި ވަނިކޮށް ފެނަކައިން އެރަށަށް ވަގުތީ ކަރަންޓް ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެރަށަށް ވަގުތީ ކަރަންޓް ދީފައިވަނީ ށ. ފޭދޫގައި ބޭނުން ކޮށްފައިވާ 120 ކިލޯ ވޮޓްގެ ޖަނަރޭޓަރު ގެންގޮސްގެން ނެވެ. މި ހާދިސާގައި ދެ މިލިއަން ނުވަތަ ތިން މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ ކަމަށް ބިލެތްފަހި ކައުންސިލުން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް