Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 17:34
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
އަޒުމޫން އަހުމަދު
އައްޑޫ
ފެނަކައިން އައްޑޫގައި ދޭ ފެނުގެ ޚިދުމަތާއި ކައިރި ނުވުމަށް ގޮވާލަން: އަލީ ނިޒާރު
އައްޑޫގެ ރައްޔިތުންނަށް އެފަދަ ތަކުލީފެއް ޖައްސަންވީ ސަބަބެއް ނުވިސްނޭ
ގޭބިސީއަކުން ކޮންމެ ޓަނަކުން 65 ރ. އަދި ވިޔަފާރިތަކުން 100ރ. ނަގާ
މާލޭގައި ފެނުގެ ޚިދުމަތަށް ޓަނަކަށް ނަގަނީ 22ރ.
f

ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ދޭން ތައްޔާރުވާ ފެނުގެ ޚިދުމަތާއި ކައިރި ނުވުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އައްޑޫ ރައްޔިތުންނަށް ގޮވާލަައްވައިފިއެވެ.

 

ނިޒާރު އޭނާގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއެްގައި ވިދާޅުވީ، އަގުބޮޑު ޚިދުމަތެއްގެ ގޮތުގައި، އައްޑޫސިޓީގެ ރައްޔިތުންނަށް ފެނަކައިން ދޭން ފަށާ ފެނުގެ ޚިދުމަތުން އާއްމު ރައްޔިތުންގެ އަތުން ގޭބިސީއަކުން ކޮންމެ ޓަނަކުން 65 ރ. އަދި ވިޔަފާރިތަކުން 100ރ. ނަގަން ނިންމާފައިވާކަމަށެވެ.

 

އޭނާ ވިދާޅުވީ، މާލޭގައި ފެނުގެ ޚިދުމަތުގެ އަގު ޓަނަކަށް 22ރ. އަށް ހުރިއިރު އައްޑޫގެ ރައްޔިތުންނަށް އެފަދަ ތަކުލީފެއް ޖައްސަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. ނިޒާރު ވިދާޅުވީ، ފެނަކައިން އައްޑޫގައި އެ ޚިދުމަތް މިމަހުގެ ތެރޭގައި ދޭންފަށާފައިވާއިރު މިހާރު ރީޑިން ނަގަމުންދާ ކަމަށެވެ.

 

އޭނާ ވިދާޅުވީ، މި ރޭޓަށް ބަލާއިރު، ކެފޭއަކަށް މަހަކު އެވްރެޖްކޮށް 18000ރ. އަރާނެ ކަަމަށެވެ. މިއީ ވިޔަފާރިތަކަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ، އައްޑޫ ރައްޔިތުންނަށް އެހާބޮޑު އަގެއްގައި ފެނުގެ ޚިދުމަތްހޯދުމަކީ ކުޅަދާނަކަމެއް ނޫންކަމަށެވެ. އަދި އެ އަގުގައި ފެނަކައިން އައްޑޫގެ ރައްޔިތުން ފެނުގެ ޚިދުމަތް ނުހޯދުމަށް އައްޑޫ ރައްޔިތުންނަށް ނިޒާރު ވަނީ ގޮވާލައްވާފައެވެ.

- ކޮމެންޓް
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 19:57
Abdulla Salih
Mihaaru gulaafahuri meetaru kanduvaafa gein beyrukurumah govaalan addu rahyathun geleybonee fenakain aluganduge hiyaalakee kurudheen negi kahala VOTEH