ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 17:54
މި އިސްލާހާއެކު ރިޔާސީ ދައުރުގައި މާފުދެވޭނީ އެއްފަހަރު
މި އިސްލާހާއެކު ރިޔާސީ ދައުރުގައި މާފުދެވޭނީ އެއްފަހަރު
ރިޒްނާ ޒަރީރު
ކްލެމެންސީ ބޯޑު
ހުކުމް ތަންފީޒުކުރާ މީހުންނަށް އެއްމައްސަލައެއްގައި މައާފް ދެވޭނީ ރިޔާސީ ދައުރެއްގައި އެއްފަހަރުކަމަށް ކަނޑަައަޅައިފި
މި އިސްލާހާއިއެކު ރިޔާސީ ދައުރުގައި މާފުދެވޭނީ އެއްފަހަރު
މި އިސްލާހު މިގޮތަށް ގެނައުމަށްފަހު، ބުރާސްފަތި ދުވަހު ވަނީ ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައި

ހުކުމް ތަންފީޒުކުރާ މީހުންނަށް  އެއްމައްސަލައެއްގައި މައާފް ދެވޭނީ ރިޔާސީ ދައުރެއްގައި އެއްފަހަރު ކަމަށް ކަނޑަައަޅައިފިއެވެ.

 

ކްލެމެންސީ ބޯޑްގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ވ) އަށް ގެނައި އިޞްލާހުގައި ބުނެފައިވަނީ، ރިޔާސީ ދައުރެއްގެތެރޭގައި އިލްތިމާސަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ޤަޟިއްޔާއެއްގެ ޙުކުމަކަށް ރައީސުލްޖުމްހޫރިއްޔާ ލުޔެއް ދެއްވައިފިނަމަ، ދެން އެ ރިޔާސީ ދައުރެއްގައި އެ ޤަޟިއްޔާއެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންނުވާ ކަމަށެވެ.

 

މި މާއްދާގެ (ވ) ގައި އެ ގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، ރިޔާސީ ދައުރެއްގެ ތެރޭގައި އިލްތިމާސަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ޤަޟިއްޔާއެއްގެ ޙުކުމަކަށް ލުޔެއް ދިނުމަށް ނުފެންނަކަމަށް ނިންމާފައިވާނަމަ، އެ ނިންމުމުގައިވާ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުން އެ ޤަޟިއްޔާއެއްގެ ޙުކުމް، އަލުން އިލްތިމާސަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބިގެންވެއެވެ.

 

މި އިސްލާހު މިގޮތަށް ގެނައުމަށް ފަހު، ބުރާސްފަތި ދުވަހު ވަނީ ގެޒެޓްގައި ޝާއިއު ކޮށްފައެވެ. އަދި ބުރާސްފަތި ދުވަހުންފެށިގެން ވަނީ މި އިސްލާހާއި އެއްގޮތަށް އަމަލުކުރަން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް