ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 18:31
ގުޅިފައިވާ ޕާޓީތަކުން އެއްވުން އިއުލާން ކުރުމުގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން އެއްވުން އިއުލާން ކުރުމުގެ ތެރެއިން
އަހުމަދު މުހުސިނު
ގުޅިފައިވާ ސިޔާސީ ޕާޓީތައް
އިދިކޮޅު ފަރާތްތަކުގެ އެއްވުން ކެންސަލްކޮށްފި
އެއްވުން ކެންސަލް ކުރީ ސަރުކާރުގެ އެއްބާރުލުން ނުދިނުމުން
އެއްވެސް މުއައްސަސާއަކަށް ފޮނުވި ސިޓީއަކަށް ޖަވާބެއް ނުދިން
މިއީ އދ ގައި ނެގި ވޯޓަށްވެސް ސަރުކާރުން ހެދިގޮތް

ދިވެހި ރައްޔިތުން ތިބީ ރޮހިންޖާ މުސްލިމުންނާއެކުކަން ހާމަކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވަން އުޅުނު ބޮޑު އެއްވުން ކެންސަލްކޮށްފިއެވެ.

މ. ކުނޫޒްގައި ބޭއްްވި ޕްރެސް ކޮންފަރެންސެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރެއިން މާލޭގައި ހަމައެކަނި އެއްވެވެވީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. އެހެންކަމުން އެއްވުން އެ ސަރަހައްދުގައި ބޭއްވުމަށްޓަކައި މަގު ފަހިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް އެދި ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކަށް އަދިވެސް ޖަވާބު ނުލިބޭ ކަމަށެވެ. އެއެއްވުމަކީ ވަރަށް ބޮޑު އެއްވުމަކަށް ވާނެތީ އެސަރަހައްދު ހުސްކޮށް ދިނުމަށާއި ތައްޔާރީތައް ބޭއްވޭނެ ގޮތަކަށް ކަންކަން ކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަންކަމަށް ޖަވާބެއް ދީފައި ނެތް ކަމަށް އަމީތު ވިދާޅުވި އެވެ. 

އަމީތު ވިދާޅުވީ،  ކާނިވާ ސަރަހައްދަކީ އެއްވެސް ގޮތަކަށް ގިނަ ބަޔަކަށް އެއްވެވޭ ގޮތަށް އޮތް ސަރަހައްދެއްވެސް ނޫން ކަމަށެވެ. އެގޮތުން ޑްރައިވިން ސްކޫލުގެ ހަރަކާތްތައް ވެސް އެ ސަރަަހައްދުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ސަރަހައްދު ދިނުމަށް އެދިފައި ވަނީ ހެނދުނު ދިހަޔަކުންފެށިގެން ކަަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އެއްވުމުގެ ހައްގަކީ ހުއްދަ ހޯދަންޖެހޭ ކަމަކަށް ނުވާ އިރު މާލޭގައި އެއްވެ އުޅުމަށް އެއްވެސް ސަރަހައްދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

" އަދާލަތު ޕާޓީން އިސްނަގައިގެން ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބާއްވާ އެންްވުމަށް ގުޅިފައިވާ ސިޔާސީ ހުރިހާ ޕާޓީއަކުން ވަނީ ތާއީދުކޮށްފައި. އެހެން ނަމަވެސް އެފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް ވަރަށް ބޮޑު ސަރަހައްދެއް ބޭނުންވޭ. ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއްވާތީ ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައި. ވަރަށް ގިނަ މަސައްކަތްތަކެއް މި އެއްވުން ބޭއްވުމަށްޓަކާ ކުރެވިފައިވަނީ." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އެ އެއްވުމަކީ އެއްވެސް ސިޔާސީ ކުލައެއް އޭގައި ނުޖެހޭނެ ގޮތަށް ހިންގުމަށް ރާވަމުންދިޔަ އެއްވުމެއް ކަމަށާއި ނަމަވެސް މި އެއްވުމާ ގުޅޭ ގޮތުން ސަރުކާރުން ކަންކޮށްފައިވަނީ ރޮހިންޖާ މީހުންނާ ގުޅޭ ގޮތުން އދ ގައި ނެގި ވޯޓަށް ދިވެހި ސަރުކާރުން ފިލި ގޮތަށް ކަމަށެވެ.

އަމީތު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމަށް ގޮވާލާ ބާއްވާ މަސައްކަތް ކުރި އެއްވުން ކެންސަލް ކުރި ނަމަވެސް އެމްޑީޕީ ހަރުގޭގައި ހަވީރު ސައި ކުރިއަށްދާނެ ކަމަށެެވެ. މި ހަރަކާތުގައި ޑިމޮކްރަސީއަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވުމަށް އަމިތު ވަނީ ގޮވާލެއްވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 18:47
ހަޟަވެރކަން
ޗައިނާއިން މިޔަންމާއަށް ތާއީދު ކުރާތީ ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.؟
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 18:44
ހަބޭސް13
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ. ؟
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 18:40
ހމޒ
ވ ރަގަލު