ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 16:04
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
އަޒުމޫން އަހުމަދު
ގާސިމް އިބްރާހިމް
ބޭސްފަރުވާއަށް ގާސިމަށް އިތުރު ދުވަސް ބޭނުންވޭ، ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާލާފަ: ވަކީލުން
ގާސިމަށް ކޮށްފައިވަނީ ތިން އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް
ގާސިމްގެ ޓެސްޓެއް ހެދުމަށް އޮކްޓޯބަރު 19 އަށް މަޑުކުރައްވަން ޖެހޭ
ބޭސްފަރުވާގެ މުއްދަތު އިތުރުނުކުރާ މައްސަލާގައި 84 ސިޓީއެއް ފޮނުވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދިން މުއްދަތު އިތުރު ކުރަން ޖެހޭ ކަމަށާއި މޯލްޑިވްސް ކަރެޝަންސް ސާވީސް އިން ވަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލާފަ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

 

ތިން އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމަށް ރާއްޖެއިން ބޭރުން ކުރަން ޖެހޭ ބޭސްފަރުވާ ކުރުމުގެ އިންތިޒާމްތައް ހަމަ ޖައްސާދިނުމަށް ކްރިމިނަލް ކޯޓުގެ އަމުރުކޮށްފައިވެ އެވެ.

 

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ހިސާން ހުސެއިން ވިދާޅުވީ މާލެ އިން ގާސިމް ބެއްލެވި ޑޮކްޓަރުން ލަފާދީފައިވާ ޓެސްޓް ހެދުމުގެ ކުރިން އަވަސްގޮތެއްގައި ހޯދަން ޖެހޭ އެހެން ފަރުވާއަށް ހޯއްދަވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި ހިތުގެ އޮޕަރޭޝަނަށް ފަހު އިތުރު ޓެސްޓެއް ހެދުމަށް މަޑުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި އެ ޓެސްޓް އެންމެ އަވަހަށް ވެސް ހެދޭނީ އޮކްޓޯބަރު 19 ފަހުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

 

ހިސާން ވިދާޅުވީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމުގެ ބަދަލުގައި ކަރެކްޝަނުން މުއްދަތު އިތުރުކޮށްދެމުންދިޔައީ މާލެ ވަޑައިގަތުމަށް ތައްޔާރުވާން ދޭ ދުވަސްތަކެއް ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަމުންދާ ހުރިހާ ލިޔެކިއުންތަކާއި ޓެސްޓްތަކުގެ ނަތީޖާ ކަރެކްޝަނަށް  ފޮނުވަމުންގެންދިޔަ ކަމަށެވެ. 

 

"ސިންގަޕޫރަށް ވަޑައިގެން އެންމެ ފުރަތަމަ ދެއްކި ޓެސްޓްތަކާ ޓެސްޓަތަކުގެ ރިޕޯޓްތަކާ އެ ހުރިހާ ލިޔުންތަކުގެ ތަފްސީލް ގެންދިޔައީ ފޮނުވަމުން،" ހިސާން ވިދާޅުވި އެވެ.

 

ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ނުދިނުމުން ރާއްޖެވަޑައިގަތުމަށް ޓިކެޓް ބައްލަވައިގެންނެވުމުން ވެސް ފްލައިޓަށް އެރުވުމަށް ސިންގަޕޫރު އެއާލައިން އިން ދެކޮޅު ހެދި ކަމަށާއި ނަމަވެސް އެ އެއާލައިނަށް އެރުވުމަށް ދެކޮޅު ހެދިކަން ލިޔެކިއުންތަކުން ފެންނަން ނެތް ކަމަށް ކަރެކްޝަނުން ބުނި ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

 

" އެ ބޭފުޅުން، (ކަރެކްޝަނުން)މި ވިދާޅުވަނީ ސިންގަޕޫރު އެއާލައިން އިން ފްލައި ނުކުރެވޭނެ  ކަމަށް މި ލިޔުންތަކުގައި ނެތެއްނޫން ހެއްޔޭ، ނަމަވެސް އެ ލިޔެކިއުންތަކުގައި ޑޮކްޓަރު އެބަ އޮތް ލިޔުއްވާފައި، ނޮޓް ފިޓް ޓު ފްލައި އޭ، ހިސާން ފާހަގަ ކުރެއްވި އެވެ.  

 

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސެއިން ޝަމީމް ވިދާޅުވީ ސަރުކާރަށް ފެންނަނީ ހަމަ އެކަނި ގާސިމަށް ހުކުމް ކޮށްފައިވާތަން ކަމަށެވެ. އަދި ބޭސްފަރުވާ ކުރުމަށް ފުރުސަތުދޭން ދައުލަތުގެ އެންމެހާ ފަރާތްތަކުގެ މައްޗަށް ކޯޓުން އަމުރުކޮށްފަވާއިރު  ބޭސްފަރުވާއަށް ފުރުސަތު ދިނުމަކީ ކަރެކްޝަނުގެ އިހްތިޔާރީ ކަމެއް ނޫން ކަމަށެވެ. އަދި ބޭސްފަރުވާއަށް މުއްދަތު އިތުރުކޮށް ނުދޭ މައްސަލާގައި ތަފާތު 84 ސިޓީއެއް އެކި ތަންތަނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެހެންމެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާލާވާތީ އެ މައްސަލަ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ގާސިމް ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ގައެވެ. އަދި އެއަށް ފަހު ޓެސްޓުތައް ހެދުމަށްފަހުގައި ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް