ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:18
ރޭގެ ޖަލްސާގައި އަދުރޭ އާއި ރައީސްގެ ދެކަނބަލުން
ރޭގެ ޖަލްސާގައި އަދުރޭ އާއި ރައީސްގެ ދެކަނބަލުން
ރާއްޖެއެމްވީ
ޕީޕީއެމް
އަބްދުއްރަހީމް އަށް ކުރި ހުކުމާ ގުޅިގެން ރައީސް މައުމޫނަށް ބޮޑު ތުހުމަތެއް!
12 އަހަރާއި ފަސް މަސްދުވަހަށް ޖަލަށްލި

މީގެ އަހަރުތަކެއް ކުރިން ޖަލަށްލާފައި ވަނީ އިންސާފުން ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެ މައްސަލައާ ގުޅޭ ގޮތުން ފާޑު ވިދާޅުވެ ވާހަކަ ދައްކައިވައިފި އެވެ.

 

ބުދަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއް ރަހީމް ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އޭނާ ނުހައްގުން އަނިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާ ތިން މަހާ 18 ދުވަހަށް ޖަލަށްލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއް އަހަރާއި ނުވަ މަސްދުވަހު ގޭ ބަންދުގައި ބެހެއްޓި ކަމަށާއި 12 އަހަރާއި ފަސް މަސްދުވަހަށް އަރުވާލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ޖަލަށްލީ އޭނާގެ "އަންހެނުންގެ ގަޔަށް ޅިޔަނަކަށް ނޭރުނީމަ" ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

 

"ޅިޔަނަކު ހިތާވި އަންހެނަކު، އެއީ އަޅުގަނޑުގެ އަންހެނުން އޭނައާ ހިތާވާން ގަޔަށް ނޭރިގެން އަޅުގަނޑު ގެންގޮސް ޖަލަށްލީ. މި ކަހަލަ ޕޯޑިއަމެއް ނުލިބިގެން މި ކަހަލަ ވާހަކަ ނުދައްކާން މިހުރީ،" އޭނާ ވިދާޅުވި އެވެ.

 

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ފާޑު ވިދާޅުވުމަށް ފަހު މިހާރު އެއްގަލަކަށް އަރުއްވައިގެން މަސައްކަތް ކުރައްވާތީ އޭނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި ކަމަށާއި އެކަމު މޫސަ ޕީޕީއެމްއާ ގުޅުމުން ޕީޕީއެމް މިހާރު ބަދަހިވެއްޖެ ކަމަށެވެ.

 

ރައީސް ޔާމިންގެ ފަހަތްޕުޅުގައި ތިއްބެވީ ތަރައްގީއަކީ ކޮބައިކަން އެނގިވަޑައިގަންނަވާތީ ކަމަށާއި ރައީސް ޔާމިން ގާނޫނާ ހިލާފަށް ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމިން ކަމުނުގޮސްގެން ބައެއް މީހުން އުޅެނީ އެންމެ ހަމަހަމަ ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

އޭގެ އިތުރުން އޭނާ ވިދާޅުވީ ޕީޕީއެމްގެ ޖަލްސާތަކަށް ސަރުކާރުގެ މުވައްޒަފުން ނެރޭ ވާހަކަ ދައްކާއިރު ކުރީގެ ސަރުކާރުތަކުގައި ހަމަ އެގޮތައް މުވައްޒަފުން ނެރުމުގައި އޭނާ އުޅުއްވާފައިވާނެ ކަމަށެވެ.

ބުދަ ދުވަހުގެ ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް މައުމޫނާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ ބޭފުޅުންގެ އާއިލާ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް