ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:12
އަބްދުﷲ ރިޔާޒު
އަބްދުﷲ ރިޔާޒު
މުހައްމަދު ޝަރުހާން
އަބްދުﷲ ރިޔާޒު
ކުރީގެ ސީޕީ ރިޔާޒު ޕޮލިހަށް ހާޒިރުވުމަށް އަންގައިފި
ރިޔާޒު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 8:00 އަށް

ކުރީގެ ޕޮލިސް ކަމިޝަނަރ އަދި މިހާރު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޒު ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިރޭ 8:00 އަށެވެ. އޭނާއަށް ފޮނުވާފައިވާ ޗިޓުގައި ވަނީ ފުލުހަށް ހާޒިރުވާން އަންގަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދައްކާ ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކަމަށެވެ.

އެ މައްސަލާގައި މީގެ ކުރިން ވެސް ފުލުހަށް ހާޒިރުކޮށްފައި ވެއެވެ.

ރިޔާޒުގެ މައްޗަށް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ  ވަނީ އެފަހަރު ކޮށްފައެވެ.

އެމައްސަލާގައި ރިޔާޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރި ކަމުގައިވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅާފައެވެ. އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފު ވެސް ކޮށްފައެވެ.

މީގެ އިތުރުން ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވެންނެވި މައްސަލައިގައި ގާނޫނޫ ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތްތަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލައި ޝަރީއަތް ވަނީ ފަށައިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް