ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:14
ހައްޔަރުކުރި ބިދޭސީން ފިކަޕެއްގައި ގެންދަނީ
ހައްޔަރުކުރި ބިދޭސީން ފިކަޕެއްގައި ގެންދަނީ
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
އައްޑިހައަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑިޕޯޓްކޮށްލާނެ
ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި
ގިނަ ބިދޭސީންތަކެއް ގަވާއިދާ ހިލާފަށް އުޅޭ

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބުރާސްފަތި ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އައްޑިހަ އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގު ޒިކްރާ މިސްކިތް ކައިރީގައި ތިބި ބިދޭސީންނެވެ. އެ އެންމެނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރި ހުރިހާ ބިދޭސީން ގެންގޮސްފައި ވަނީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށެވެ.

އެތަނުގައި ސްކްރީން ކުރުމަށް ފަހު ގަވާއިދާ ހިލާފު ވެފައިވާ ބިދޭސީން ޑިޕޯޓްކުރާނެ ކަމަށާއި އެހެން ބިދޭސީން ދޫކޮށްލާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ވިސާ އޮތް މީހުން ދޫކޮށްލާނީ އެ މީހާގެ ސްޕޮންސަރު ދިއުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހިންގާނެ ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

 ބިދޭސީން ހައްޔަރުކޮށްފައިވާ އެ ސަރައްދަކީ ކޮންމެ ދުވަހަކު ހެނދުނު ގިނަ ބިދޭސީން އެއްވާ ސަަރައްދެކެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 13:23
ވުނޖޭރު
ތީ ނަމެއްގައި ކޮށްލި ކަމެއް. އަމީނީ މަގު ފެކަލްޓީ ކަރީ އެހުން ބާގާ ޕޮއިންޓުގައި ކިތައްމީހުން އަތުގަ ވިސާ އޮތީ؟ ރާއްޖެ ނޫހުން މިކަން ބަލާލަބަލަ ކެރެންނާ! އެކަކު އަތުގަވެސް ނޯންނާނެ. އިމިގުރޭސަނުން ކުރާކަމެއް ނެތް. ޓީވީ ކައިރި އެހުންނަ އޮރެގާނޯ އެއީ އަނެއްތަން.
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:19
ސައްޕޭަ
ތިޔައީ އެއްވަނައިގެ ކަމެއް، ތި އޮޕަރޭޝަނުގައި ބައިވެރިވި 2 މުއައްސަސާއަށް ސެލިއުޓުކުރަން،،