ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 08:29
ހުސައިން ޝަމީމް
ހުސައިން ޝަމީމް
ރާއްޖެއެމްވީ
ދުސްތޫރީ ފަސާނާ
ޣައިރު ހާޒިރުގައި ޝަރީއަތެއް ނުކުރެވޭނެ، އެއީ ގާނޫނު އަސާސީ އާއި ޚިލާފު ކަމެއް:ޝަމީމް
ޣައިރު ހާޒިރުގައި ހުކުމް ކުރުން އޮންނަނީ އިއުތިރާފް ވާ މީހުންނަށް
ހާޒިރުގައި ޝަރީއަތް ހިންގުމަކީ ކޮންމެ ރައްރިތަކަށްވެސް ގާނޫނު އަސާސީން ލިބިދޭ ހައްގެއް

ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަކީ މިހާރުގެ ގާނޫނު އަސާސީ އޮތްގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށާއި އެއީ ގާނޫނު އަސާސީއާއި މުޅިން ޚިލާފު ކަމެއް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ޤާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ބޭއްވި ގާނޫނީ ވަކީލުންގެ ޕެނަލް ޑިސްކަޝަން، "ދުސްތޫރީ ފަސާނާ"ގައި ޝަމީމު ވިދާޅުވީ ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީން ދެއްކެވި ވާހަކަތަކަކީ އިއުތިރާފްވާ މީހުންގެ މައްޗަށް ހިންގާ މާއްދާއެއް ކަމަށެވެ.

ގާނޫނު އަސާސީގައި ވެސް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް އިއުތިރާފްވާ މީހެއްގެ މައްޗަށް ހިންގާނެ ޝަރީއަތެއް ނޯންނާނެ ކަމަށާއި ޝަރީއަތް ހިންގުމަށް އޮންނަނީ އިންކާރު ކުރާ މީހާގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިއުތިރާފް ވާ މީހުންގެ މައްޗަށް ހިންގާނެ ޝަރީއަތެއް ނޯންނާނެ. އެމީހުންގެ މައްޗަށް ހުކުމެއް ކުރީމަ ނިމުނީ. އެއީ އޭނާ އެބަބުނޭ ތިމަންނަ މިކަން ކުރީމޭ. އެހެންވީމަ އިންކާރު ކުރާ މީހާގެ މައްޗަށް ޝަރީއަތް ހިންގުން މިއޮންނަނީ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ހާޒިރުގައި ޝަރީއަތް ކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ ހެކިބަސް ނެގުމުގައިވެސް މިހާރު އަމަލު ކުރައްވަމުންދާ ގޮތަކީ ހެކިބަސް ދޭ މީހާ ސިއްރު ނުކުރުމަށް އެދުނު ކަމުގައި ވީނަމަވެސް ހެކިބަސް ސިއްރު ކުރުން ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ކަންތައް ކުރެވޭނީ އޭނާ ހެކިބަސް ދިނުމަށް ބިރު ގަންނަ ނަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީއަތަކީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ހާޒިރުގައިހިންގަންޖެހޭ ކަމެއް ކަމަށާއި ހާމަކަން ބޮޑު ކޮށް ޝަރީއަތް ކުރުމަކީ މީހުންނަށް އިތުބާރު ބޮޑުވާނެކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 09:54
ތިމަންނަ
ސަމީމޫ ތިޔައީ އަދުލު އިންސާފު ނުދަންނަމީހުން ކިޔާއެއްޗެއް. މިކަހަލަ %100 ގައުމެއްގައި ތިޔަކަންކަން ކުރަން ތިބޭނީ "ފަސްމާ މުލުންގެ" ގެ މީހުން އެމީހުން ބޭއިންސާފު ، ނާއިންސާފު ނުވެސް ދަންނާނެ...