ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:19
ކާރެއްގައި ރޯވި އަލިފާން އެފްއާރުއެސްއިން ވަނީ ނިއްވާލާފައި
ކާރެއްގައި ރޯވި އަލިފާން އެފްއާރުއެސްއިން ވަނީ ނިއްވާލާފައި
އެމްއެންޑީއެފް
ކާރެއްގައި އަލިފާން ރޯވުން
ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ
އެސަރަހައްދުގައި ޕާރކުކޮށްފައިއޮތް ކުޑަ ޕިކަޕަކަށް އަލިފާނުގެ އަސަރުކޮށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި
މީހަކަށް ގެއްލުމެއް ނުލިބޭ
އަލިފާން ރޯވި ސަބަބެއް ނޭނގޭ

ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ. 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ލޮނުޒިޔާރަތް މަގުގައި އޮތް ކާރެއްގައި  އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ ފަތިހު 03.35 ހާއިރު ކަމަށާއި ފަޔަރ ފައިޓަރުންގެ ޓީމެއް އަލިފާން ނިއްވާ ސާމާނާއިއެކު އެސަރަހައްދަށް ގޮސް ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، އަލިފާން ރޯވި ކާރުގެ އިތުރުން އެސަރަހައްދުގައި ޕާރކުކޮށްފައިއޮތް ކުޑަ ޕިކަޕަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ މިހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު ކާރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް