ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 22:30
 ކުރީގެ ބަންޑާރަ ނައިބު ހުސްނު އަލް ސުއޫދު
ކުރީގެ ބަންޑާރަ ނައިބު ހުސްނު އަލް ސުއޫދު
އަބުދުﷲ ނަސީރު އިބްރާހިމް
ވަކީލުންގެ ދުސްތޫރީ ފަސާނާ
ރައްޔިތުން ގަބޫލުކުރަނީ މުުއައްސަސާތައް ހިންގަން ތިބީ ރަތްލާޖެހި ވަގުން ކަމަށް: ސުއޫދު
ޖޭއެސްސީން ފަނޑިޔާރުން ބަދަލު ކުރަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް
ކޮމިޝަންތަކަށް އިތުބާރު ލިބޭނީ ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ކަންކަން އޮޅުފިލުވައިދީގެން
ސައިމޭޒު ދަށުން ނިންމާ ޑީލްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރާނަން

ރައްޔިތުން ގަބޫލުކުރަނީ މުުއައްސަސާތައް ހިންގަން ތިބީ ރަތްލާޖެހިވަގުންނާއި މުޖުރިމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނު އަލް ސުއޫދު ވިދާޅުވެއްޖެއެވެ.

 

ބުދަ ދުވަހުގެރޭ "ދުސްތޫރީ ފަސާނާ" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، ވަލުދޮރާށީންނާއި، ސައިމޭޒު ދޮށުން ނިންމާ ޑީލްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރާނޭ ކަމަށެވެ.

 

ސުއޫދު ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ފަނޑިޔާރުން ބަދަލު ކުރަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށެވެ. އެގޮތުން ރައީސް ބޭނުންފުޅުވާ ގޮތަށް ރިޔާސީ ގަރާރުތައް ދަމަހައްޓާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެފައި އެބަހުރި ކަމަށް ސުއޫދު ވިދާޅުވިއެވެ. ރައީސް ނިންމަވާ ކޮންމެ ގޮތެއް ދެމެހެއްޓުމުން ގަނޫނު އަސާސީގެ ބާރު ކެނޑިގެންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކޮމިޝަނަކީ އަދުލު އިންސާފު ދެމެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އޮތް ފަރާތް ކަމަށް ވާއިރު، އެ ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ފުރިހަމައަށް އޮންނަންޖެހޭ ކަމަށެވެ.

 

އެގޮތުން އަދުލު އިންސާފު ގާއިމްކުރާ ފަރާތުގައި އިތުބާރު ދެމެހެއްޓުމަށް ގަނޫނު އަސާސީން ވަރަށް ފުރިހަމަ ނިޒާމެއް ވަނީ ގާއިމް ކުރެވިފައި ކަމަށް ވިދާޅުވިއެވެ.

 

ފަނޑިޔާރުންނާ މެދު ނުހައްގުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، ފަނޑިޔާރުންނާ މެދު އިތުބާރު ގާއިމްކުރާނެ ގޮތްތަކެއް ހޯދުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޒިންމައެއް ނަމަވެސް އެކަން އެގޮތަށް ހިނގާތަން ނުފެންނަ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ޖޭއެސްސީގެ މަސްއޫލިއްޔަތަކީ ފަނޑިޔާރުން އައްޔަންކޮށް، ވަކިކޮށް އަދި  ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުން ކަމުގައި ވިޔަސް އެ ކޮމިޝަން ފެނިގެން ދަނީ ފަނޑިޔާރުން ސަސްޕެންޑްކުރާ ތަނެއްގެ ގޮތުގައި ކަމަށް ސުއޫދު ވިދާޅުވިއެވެ.

 

"ކޮންމެ މުއްސަސާއަކަށް ވެސް އިތުބާރު އޮންނާނީ ދެފުށް ފެންނަށް ގޮތަށް ރައްޔިތުންނަށް ކަންކަން ސާފުވާ ގޮތަށް އަމަލުކުރުމުން. ޖޭއެސްސީގައި ގިނައިން ތިބީ ސިޔާސީ ފަރާތްތައް،" ސުއޫދު ވިދާޅުވިއެވެ.

 

ސުއޫދު ވިދާޅުވީ، ކޮންމެ ކޯޓަކަށް ވެސް ފަނޑިޔާރުން އައްޔަން ކުރަނީ ދާއިމަށް ކަމަށް، ފަނޑިޔާރުންގެ ގާނޫނުގެ 6 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި އެމީހެއްގެ ނުރުހުމުގައި އެހެން ކޯޓަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރަކު ވާޖިބު އަދާކުރުމުގައި ދޭ ރައުޔަކުން އެ ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކޮށް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި، އެކަން ކުރެވޭނީ ފަނޑިޔާރަށް ޖަވާބުދާރީވުމަށް ފުރުސަތުދީ، އިސްތިއުނާފް މަރުހަލާއެއްގެ ތެރެއިން ކަމަށް ސުއޫދު ވިދާޅުވިއެވެ.

 

ފަނޑިޔާރު އަބުދުލް ބާރީ ޔޫސުފް ކުޑަކުދިންގެ ކޯޓަށް އަދި ފަނޑިޔަރު އަބުދުﷲ މުހައްމަދު އާއިލާއާ ބެހޭ ކޯޓަށް ބަދަލުކުރީ ޖަވާބު ދަރީވާން ފުރުސަތު ނުދީ، ކަމަށާއި، ރައްޔިތުންގެ ފައިސައިން އެބޭފުޅުންނަށް މުސާރަ ދެމުންދާއިރު އެބޭފުޅުން ބަދަލުކުރި ސަބަބު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. ގާޒީ ނިހާޔަތާއި އާއިޝާ ޝުޖޫންއާ މެދުވެސް އަމަލުކުރީ މިގޮތަށް ކަމަށް ސުއޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަނޑިޔާރަކު ހުރި ކޯޓަކުން ބަދަލުކުރަން ޖެހޭނީ ވެސް ކުރިން ހުރި ފެންވަރުގެ ކޯޓަކަށް ކަމަށެވެ. އަދި އެއްވެސް ފަނޑިޔާރެއްގެ ނުރުހުމުގައި އެ ފަނޑިޔާރަކު ހުންްނެވި މަގާމުން ބަދަލެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ވަލުދޮރާށީންނާއި، ސައިމޭޒު ދަށުން ނިންމާ ޑީލްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެކަންކުރީ ރައްޔިތުންގެ މަސްލަހަތަށްތޯ ނުވަތަ ގެއްލުމެއް ދިނުމަށްތޯ ބަލައި ޔައުމިއްޔާ ކުރެވެން ޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ރައްޔިތުން މުސާރަދީފައި ތިބޭ ބަޔަކު ރައްޔިތުންނަށް ލިޔުންތައް ފޮރުވާ ވަންހަނާކޮށް ކަންކަން އޮޅުވާލުމުގެ ހައްގެއް ނޯންނާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް