ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 16:28
 އެ ދެމީހުން ވެއްޓުނީ ހުޅުމާލޭގައި ހަދަމުންދިޔަ އަމީން ކޮންސްޓްރަކްޝަން ގެ އިމާރާތެއްގެ މަތީން
އެ ދެމީހުން ވެއްޓުނީ ހުޅުމާލޭގައި ހަދަމުންދިޔަ އަމީން ކޮންސްޓްރަކްޝަން ގެ އިމާރާތެއްގެ މަތީން
ޓްވިޓަރ
ދެ މީހަކަށް އަނިޔާވުން
ހުޅުމާލޭގައި ހަދަމުންދިޔަ އިމަރާތެއްގެ 14 ވަނަ ބުރިން ދެމީހަކު ވެއްޓި ސީރިއަސް ހާލަތުގައި
އޭގެ ތެރެއިން އެކަކުގެ ހާލު ވަރަށް ކްރިޓިކަލް
ވެއްޓިފައި ވަނީ އަމީން ކޮންސްޓްރަކްޝަންގެ އިމާރާތެއްގައި މަސައްކަތްކުރި ދެ މީހުން
ދެ މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން

ހުޅުމާލޭގައި ހަދަމުންދިޔަ އިމަރާތެއްގެ 14 ވަނަ ބުރިން ދެމީހަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

 

ރާއްޖެއެމްވިއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން ވެއްޓުނީ ހުޅުމާލޭގައި ހަދަމުންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އިމާރާތެއްގެ މަތީންނެވެ. ފުލުހުން ބުނީ ވެއްޓުނީ ދެ ބިދޭސީން ކަމަށާއި އެ ދެ މީހުން ވެއްޓުނީ 14 ވަނަ ބުރިން ދެ ވަނަ ބުރީގެ ވައިގޮޅި ތެރެއަށް ކަމަށެވެ.

 

އާސަންދަ އޮފީހުގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ، އެ ދެމީހުން މީގެ ކުޑައިރުކޮޅެއް ކުރިން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ. އަދި ހާލު ސީރިއަސް މީހާ އައިޖީއެމްއެޗަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އާސަންދަ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެފަރުވާދެމުންދަނީ، އިންޑިއާގެ ރައްޔިތަކަށާއި ބަންގްލަދޭޝްގެ ރައްޔިތަކަށެވެ. ހާލު ސީރިއަސް ވީ އިންޑިއާގެ މީހާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 ސެޕްޓެންބަރ 2017 | ބުދަ 19:30
ގަހާ
ކޮބާ މި މީހުންނަށް ދޭން ޖެހޭ ސަލާމަތީ ސާމާނު? ކާކު ޒިންމާ އުފުލާ މީ?