ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 13:41
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސް ޔާމީންގެ ދަތުރުފުޅު
ތަރައްގީ ބޭނުންނަމަ ރައްޔިތުން އިހްލާސްތެރިކަން ދައްކަންޖެހޭނެ: ރައީސް ޔާމީން
ދިވެހި ރައްޔިތުން ސަރުކާރަށް ތާއީދުކުރަންޖެހޭ
ނަސީބަކީ މަސައްކަތް ކޮށްގެން ހޯދަންޖެހޭ އެއްޗެއް
ވިލިނގިއްޔަށް ޕީޕީއެމް މަޖިލިސް މެންބަރެއް ވަރަށް މުހިންމު

ދިވެހި ރައްޔިތުން އިހްލާސްތެރިވާން ޖެހޭނީ ވޯޓު ފޮށިތައް ކައިރީ ވޯޓުލާން ރަގަބީލު ޖެހީމަ ނޫން ކަަމަށާއި އިހްލާސްތެރިވާންޖެހޭނީ، ރަށަށް ބޭނުންވާ ތަރައްގީ ބޭނުންވެގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ތަރައްގީއާ އެހެނިހެން މަންފާތައް ބޭނުންވާ ކަމުގައިވާ ނަމަ، އެކަންކަން ކުރަން ތިބި ބަޔަކަށް އިހްލާސްތެރިވާންޖެހޭނެ ކަމަށެވެ.

" މާދަމާވެސް ޒުވާނުންނަށް ކުރިމަތިވާނީ ކޮންކަންތައްތަކެއް ކަމެއް ނޭންގޭ. އެހެންވީމަ ކީއްކުރަންތޯ ހުރިހާ ރަހުމަތެއް ދޫކުރަންވީ. ކޮންމެ ރަށަަކަށް އަންނަ އިރު އަޅުގަނޑުމެންނަށް އިވެނީ އެރަކަށް ބޭނުންވާ ކަންކަމުގެ ލިސްޓު. އެލިސްޓު ދިގުވެގެންދަނީ ކުރީގައި އެކަންކަމަށް ފަރުވާ ދެވިފައިނެތީމަ. އަޅާލެވިފައިނެތީމަ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮންމެ ރައީސަކުވެސް މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށާއި، ގއ. ވިލިނގިއްޔަކީ މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ރަށެއް ކަމަށެވެ. ރައްޔިތުން ކަންކަމުގައި އެދެނީ މި ސަރުކާރަށްވެސް ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް ގަބޫލު ކުރާތީ ކަމަށާއި އަދި އެގޮތަށް ކަންކަމުގައި ކިޔާ ކަމުގައިވާ ނަމަ އެކަން އުފަލާއެކު ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ. 

ތަރައްގީ ބޭނުންވާ ކަމުގައިވާނަމަ، އެފުރުސަތު މި ސަރުކާރަށް ދޭންޖެހޭ ކަމަށާއި އަދި ރައްޔިތުންނާއި ސަރުކާރާއި އޮންނަ ގުޅުން ގާތްކޮށްދޭނެ މަގުވެސް ފަހިކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

" ވަރަށް ގިނަ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކުރޭ. އެހެން ނަމަވެސް ބައެއް ފަރާތްތަކުންނަށް ޕީޕީއެމްގެ މެންބަރަކާ އެކު މަސައްކަތް ކުރުމުގެ ނަސީބެއް ނެތް." ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސްވަނީ ވޯޓުން ޕީޕީއެމްއަށް ކުރާ ތާއީދު ދައްކައި ދިނުމަށް ގޮވާލައްވާފަ އެވެ. ރައީސް ވިދާޅުވީ، ސިޔާސީ ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ ގާބިލްކަން އެމަނިކުފާނުގެ އެބަ ހުރި ކަމަށާާއި އެހެންނަމަވެސް އޭގެ މާނައަކީ ކަފުން ކުރަންދެން މަޑުން ހުންނެވުން  ނޫން ކަމަށެވެ.

އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި  ކަމަށްވެސް  ރައީސް ޔާމީން ވިދާޅުވި އެވެ.

" 2018 ބައްދަލު ކުރާ އިރު ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ވޯޓުލާ އިރު އަޅުގަނޑު ބޭނުންވަނީ އިސްލާމީ ރިވެތި އުސޫލުތަކުގައި ގައުމު ބާއްވަން. އަދި މިއޫސުލުތަކުގައި އަބަދު ހިފާނެ ވެރިޔަކު އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެންދިޔަ އާދަކާދަތަކާއި އިސްލާމީ ރީތި އުސޫލުތައް ދާއިމީ ނިއުމަތެއްގައި ތިބުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ކަންކަން ކުރިއަށްގެންދިއުމަށް މަޖިލީސް މެންބަރުންނަކީ އެޕާޓީއަށް ނިސްބަތްވާ މެންބަރުންނަށް ވާންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ބައި އިލެކްޝަނުގައި ވެސް ވިލިނގިލި އިން ޕީޕީއެމް މެންބަރަކު ހުރުން ވަރަށް މުހިއްމު ކަމަށާއި އޭރު ބޭނުންވާ ތަރައްގީތައް ގެނެސްދިނުމަށް ފަސޭހަ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް