ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 11:08
ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ރައީސް އޮފީސް
ފަތުރުވެރިކަން
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމް:ރައީސް
އުންމީދަކީ ދައުރު ނިމުމުގެ ކުރިން 50 ރިޒޯޓް ހުޅުވައި ޚިދުމަތް ދިނުން
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އަށް ލިބިފައި ވަނަތަކަކީ ދިވެހިން ފަހުރުވެރިވުން ހައްގު ވަނަތަކެއް
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަަރައްގީ ކުރުމަށް ވަނީ އިންވެސްޓަރުންނާ ހަވާލު ކުރެވިފަ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަށް ދިއުމުގައި ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ދަތުރުފަތުރުގެ ނިޒާމުކަމުގައި ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. 

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތު ކުރިއެރުވުމަށްޓަކައި ދިމާވެފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ހައްލެއް ހޯދުމަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޑޮމެސްޓިކް އެއަރޕޯޓު، ތަރައްޤީ ކުރުމަށް އިންވެސްޓަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. 

ފަތުރުވެރިކަމުގެ ޞިނާޢަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތަކެއް ހުޅުވައިލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެހެންމެ މި މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިދައުރުގެ ތެރޭގައި 50 ރިޒޯޓެއް ހުޅުވައި، އެތަންތަނުން ޚިދުމަތް ދޭން ފެށުމަކީ، އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމްޢިއްޔާއިން މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ ''ދެމެހެއްޓެނިވި ފަތުރުވެރިކަން – ތަރައްޤީއަށް ވަސީލަތެއް'' މި ޝިޢާރަކީ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ބަލާއިރު ވެސް ވަރަށް މުހިންމު ޝިޢާރެއްކަމުގައި  ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ  ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި މި އަހަރު ފާހަގަކުރާއިރު، މި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ހޯދާފައިވާ ކުލަގަދަ ކާމިޔާބީތަކާއި ރަން ވަނަތަކަކީ، އެއާމެދު ކޮންމެ ދިވެއްސަކުވެސް އުފާކުރުން ޙައްޤު، ފަޚުރުވެރިވުން ޙައްޤު ވަނަތަކެއްކަން ކަމަށެވެ. އަދި، މި ޞިނާޢަތު ކުރިއެރުވުމަށް މަސައްކަތް ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަށާއި، ފަތުރުވެރިކަމާ ގުޅޭ އެންމެހައި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ހީވާގި ހިންގުންތެރިންނަށާއި، އަދި ފަތުރުވެރިކަމުގެ ޞިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ހުރިހާ ފަރާތްތަކުން ކުރައްވާ ގިނަގުނަ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރައްވާ، ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް