ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 08:53
 ޔުމްނާ މައުމޫން
ޔުމްނާ މައުމޫން
މުހައްމަދު ޝަރުހާން
ފަލަ ސުރުހީ
އަނިޔާ ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް، އަޑުއުފުލަން ނުކުންނަވާ:ޔުމްނާ
ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަނީ
ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލަން ޖެހޭ
ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ސުލްހަވެރި ހަރަކާތެއް

ލާއިންސާނީ އަނިޔާ ދެމުން އަންނަ އިރު، އެކަން ހުއްޓުވަން މަސައްކަތް ނުކުރާނަމަ އަނިޔާވެރިވުމަކީ އާދައިގެ ކަންކަމަށް ވެގެންދާނެ ކަމަށް ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

 

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަޝުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ އަނިޔާ ލިބެމުންދާ ކަމަށް ވާނަމަ ، އެކަން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވާނެ ކަމަށެވެ. މިއަދު ޒުވާނުންނަން ތޫނު އެއްޗެހިން ހަމަލާދީ މަރަމުންދާ ދާއިރު ، އެކަން ހުއްޓުވުމަށް ސަރުކާރާއި ރައްޔިތުން މަސައްކަތް ނުކުރާތީ އެކަން އާންމު ކަމަކަށް ވެއްޖެ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

 

އެގޮތުން ރޮހިންޖާ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ސުލްހަވެރި ހަރަކާތެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި އެ އެއްވުން ބޭއްވުމުގެ މަގްސަދަކީ ދިވެހިންނަކީ އަބަދުވެސް ލާއިންސާނީ އަނިޔާއި ދެކޮޅަށް މަސައްކަތް ކުރާ ބައެއް ކަން ހާމަކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ޔުމްނާވަނީ އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް