ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 08:49
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް
ރާއްޖެ އެމްވީ
ފުލުހުން
އޭސީޕީ ނަވާޒް "އެހެލައިފި"
ސަދަން އޮޕަރޭޝަންސް ކޮމާންޑަށް ބަދަލުކޮށްފަ
ސްޓޭޝަން ވެގެން ހުންނަވަނީ ލ. އަތޮޅުގައި
ފުލުހުން މިކަމާ ގުޅޭ ގޮތުން ބަހެއް ނުބުނި

ފުލުހުންގެ ސަދަން އޮޕަރޭޝަންސް ކޮމާންޑުގެ ހެޑްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ހަމަޖައްސަވައި، ލ. އަތޮޅަށް ބަދަލުކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަވާޒް ސަދަން އޮޕަރޭޝަންސް ކޮމާންޑަށް ބަދަލުކޮށްފައިވަނީ މިމަހުގެ ކުރީކޮޅު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ނަވާޒް ސްޓޭޝަންވެ ހުންނަވަނީ ލ. ގަމުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަވާޒް ވަނީ ލ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންނާ ބައްދަލުކޮށް، ފުލުހުން ކަންބޮޑުވުންތަކާއި ދަތިތަކާ ގުޅޭ މައުލޫމާތު ވެސް ހޯއްދަވާފަ އެވެ.

ފުލުހުންގެ ސަދަން އޮޕަރޭޝަންސް ކޮމާންޑުގައި ހިމެނެނީ މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ލ. އަތޮޅާއި، ތ. އަތޮޅާއި ގއ. އަތޮޅާއި، ގދ. އަތޮޅާއި، އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ އެވެ. 

އެ މަގާމަށް ބަދަލުކުރުމުގެ ކުރިން ނަވާޒް ހުންނެވީ ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ވެރިއެއްގެ ގޮތުގަ އެވެ. ކޮމިއުނިކޭޝަން ސެންޓަރަށް ނަވާޒް ބަދަލުކޮށްފައިވަނީ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިއަކަށް ހުންނަވަނިކޮށް މިއަހަރުގެ މައި މަހުގަ އެވެ.

ފުލުހުންގެ އެތެރޭގެ މަގާމުތަކަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން ފުލުހުން އާންމު ގޮތެއްގައި މީޑިއާއަށް މައުލޫމާތެއް ނުދެ އެވެ. އެހެންވެ މި ބަދަލާ ގުޅޭ ގޮތުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. 

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައި ހުންނަވަނިކޮށް ނަވާޒް އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓް ކުރީ ޖޫން، 29، 2015 ގަ އެވެ. އެއިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ ހުސައިން ވަހީދު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ސެޕްޓެންބަރ 2017 | ބުދަ 14:27
Raakani
Fake news eh.
27 ސެޕްޓެންބަރ 2017 | ބުދަ 13:33
ރާޅު
މީ އަނެއްކާ ކިހާ ވަރަކުން ދާނެ މީހެއްބާ؟
27 ސެޕްޓެންބަރ 2017 | ބުދަ 12:07
ނަވާ
މީ ދޮގެއް