ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 07:17
ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑޫޓާޓޭ
ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑޫޓާޓޭ
އެންޑީޓީވީ
ފިލިޕީންސް
ފިލިޕީންސްގެ ރައީސްގެ ބޮޑީގާޑަކު ބަޑިޖަހާ މަރާލައިފި
އެވަގުތު ރައީސް ރޮޑްރީގޯ ޑޫޓާޓޭ ހުންނެވިތަނެއް ހާމައެއް ނުކުރައްވާ

ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ ބޮޑީގާޑެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އެހަމަލާއިން ރައީސް ރޮޑްރީގޯ ސަލާމަތްވެވަޑައިގެންނެވީ އެވަގުތު ހަމަލާ އެރި ބޮޑީގާޑް ހުރި ސަރަހައްދާ ވަރަށް ދުރުގައި ރައީސް ހުންނެވުމުންނެވެ. އަދި ސެކިއުރިޓީ ޓީމުން ހިންގި އަވަސް ހަރަކާތްތަކުގެ ސަބަބުންނެވެ.

މެނީލާގައި ހުންނަ ފިލިޕީންސްގެ ޕްރެޒިޑެންޝަލް ސެކިއުރިޓީ ގުރޫޕު (ޕީއެސްޖީ)ގެ މަރުކަޒެއްގައި ދިން އެހަމަލާއަކީ ރައީސް ޑުޓާޓޭއަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށް ޕީއެސްޖީގެ ކޮމާންޑަރު ލޯޕޭ ޑަގޯއި ވަނީ ވިދާޅުވެފަ އެވެ. އަދި އެހަމަލާ ދިން ވަގުތު ރައީސް އެސަރަހައްދުގައި ނެތް ކަމަށްވެސް ޑަގޯއި ވިދާޅުވި އެވެ.

މެނީލާގައި އަންގާރަ ދުވަހު އޮތް ބައެއް އިވެންޓުތަކަށް ޑުޓާޓޭ ވަޑައިގަންނަވަން ހަމަޖައްސާފައިވާ ކަމަށް ރިޕޯޓުތަކުގައިވާ އިރު، އެހަމަލާ ދިން ވަގުތު ރައީސް ޑުޓާޓޭ ހުންނެވި ތަނެއް ހާމަ ކުރައްވަން ރައީސްގެ ތަރުޖަމާނު ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އުމުރުން 37 އަހަރުގެ އެގާޑުގެ ހަށިގަނޑު ފެނުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ އަންހެނުންނަށެވެ. އަދި އެއީ ޓެރަރިސްޓު ހަމަލާއެއް ނޫން ކަމަށް ޕީއެސްޖީން ބުނާ އިރު، ގާޑަށް ދިން ހަމަލާ އަމާޒުކޮށްފައި ވަނީ އޭނާގެ މެޔަށެވެ.

ޕީއެސްޖީގެ ކޮމާންޑަރު ވިދާޅުވި ގޮތުގައި ފުލުހުން ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް