ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 22:56
ރައީސް ޔާމީން ވިލިނގިލީ "މަސްޖިދުލް އިޚްލާސް" ހުޅުއްވައިދެއްވުން
ރައީސް ޔާމީން ވިލިނގިލީ "މަސްޖިދުލް އިޚްލާސް" ހުޅުއްވައިދެއްވުން
ޓްވިޓަރ
ރައީސް ޔާމީން
ސައުދީ ރަސްގެފާނު ވިލިގިލީގައި އަޅުއްވައިދެއްވި މިސްކިތް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި
ރައީސް ޔާމީން ވަނީ އެ މިސްކިތުގައި ޖަމާއަތުގައި މަޣްރިބް ނަމާދު ކުރައްވާފަ
ރައީސް ޔާމީން އަންގާރަދުވަހުގެ ހަވީރު އެރަށަށް ވަޑައިގަތުމުން އެ ރަށުގައިވަނީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލާފައި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިލޭ އެހީގެ ދަށުން ގއ. ވިލިގިލީގައި ބިނާކޮށްދެއްވި މިސްކިތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންގާރަ ދުވަހު ހުޅުއްވައިދެއްވައިފި އެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން"'މަސްޖިދުލް އިޚްލާސް" ގެ ނަމުން ނަން ދެވިފައިވާ އެ މިސްކިތް ރައީސް ޔާމިން ހުޅުއްވައި ދެއްވީ އަންގާރަދުވަހުގެ އިރު އޮއްސުނު އިރުއެވެ.

ހަތް ސަތޭކަ މީހުންގެ ޖާގައިގެ މަސްޖިދުލް އިޚްލާސް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ޔާމީން ވަނީ އެ މިސްކިތުގައި ޖަމާއަތުގައި މަޣްރިބް ނަމާދު ކުރައްވާފައެވެއިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް އިމާރާތް ކުރަން ފަށާފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 25 ގައި ކަމަށާއި މަސަތްކަތް އެއްކޮށް ނިންމާލެވިފައި ވަނީ މިއަހަރުގެ މެއި 25 ގައި ކަމަށެވެ. އެ މިސްކިތް އިމާރާތް ކުރުމަށް ޖުމްލަ އަށް މިލިއަން ރުފިޔާ ހަރުދުކުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ސައުދީގެ ހިލޭ އެހީގައި މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިސްކިތްތައް ބިނާކޮށްފައެވެ.

 

ރައީސް ޔާމީން އަންގާރަދުވަހުގެ ހަވީރު އެރަށަށް ވަޑައިގަތުމުން އެ ރަށުގައި ވަނީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 ސެޕްޓެންބަރ 2017 | ބުދަ 15:51
Bsay
Ashekey.. saabas thee haadha varakah hingi kharadhekey dho.. kithah million jeebah Lee??? Boa halaaku