ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 18:53
އެމެރިކާ އެންބަސީގެ ޕަބްލިކް އެފެއާޒް އޮފިސަރ ރާއްޖެޓީވީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވަނީ
އެމެރިކާ އެންބަސީގެ ޕަބްލިކް އެފެއާޒް އޮފިސަރ ރާއްޖެޓީވީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
އެމެރިކާ އެމްބަސީ
އެމެރިކާ އެމްބަސީގެ ޕަބްލިކް އެފެއާޒް އޮފިސަރ ރާއްޖެޓީވީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި
ބައްދަލުވުން ބާއްވާފައިވަނީ ހޯމަ ދުވަހު
ރާއްޖެޓީވީގެ ނޫސްވެރިންނަކީ ހިތްވަރުގަދަ ތެދުބަސް ބުނާ ނޫސްވެރިން 

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޕަބްލިކް އެފެއާޒް އޮފިސަރ ޖޭމްސް އެލް ރޫސޯ އާއި އެ އެމްބަސީގެ ކަލްޗަރަލް އެފެއާޒް އޮފިސަރ މެލީސާ ޕޯލްސެން ރާއްޖެޓީވީގެ މެނޭޖިންގް ޑައިރެކްޓަރ އަހްމަދު ސަލީމް އާއި ހޯމަ ދުވަހު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖެޓީވީއަށާއި ނޫސްވެރިންނަށް ހުރި ހުރަސްތަކާއި ގޮންޖެހުންތަކާއި މިނިވަން ނޫސްވެރިކަމަށް ރާއްޖޭގެ ފުރުސަތު ހުރި މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާ ފައެވެ. އަދި ރާއްޖެޓިވީ އާއި އެމްބަސީގެ އޮފިޝަލުން ވަނީ ދެ ފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ.

ޖޭމްސް އަދި މެލީސާ ރާއްޖެ ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށެވެ. މީގެ އިތުރުން ރާއްޖޭގެ އާންމު ބައެއް ރައްޔިތުންނާއި ނޫސްވެރިންނާ ވެސް މި ދަތުރުފުޅުގައި އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވެއެވެ.

އަންގާރަ ދުވަހު ޖޭމްސް ކުރެއްވި ޓޫވީޓެއްގައި ވިދާޅުވީ ރާއްޖެޓީވީގެ ނޫސްވެރިންނަކީ ހިތްވަރުގަދަ، ތެދުބަސް ބުނާ ނޫސްވެރިން ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒު މޫސާ އާއި އެގްޒެކްޓިވް ޑައިރެކްޓަރ ނާޒްމީ ސާއިދާއި، އެޗްއާރް މެނޭޖަރ ރިފްޤާ އަބްދުލް ވައްހާބް އާއި ނިއުސް ޑިރެކްޓަރ މުހައްމަދު ހުޝާމާއި އިގިރޭސި ޑިޕާޓްމަންޓްގެ ހެޑް އައިޝަތު ޝާނީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން އެމެރިކާ އެމްބަސީގެ ޕަބްލިކް އެފެއާޒް ސްޕެޝަލިސްޓް އައިމިނަތު ޝިޒްލީން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް