ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 18:49
ގއ. ވިލިނގިލީގައި ރައީސް ޔާމީނާ ދެކޮޅަށް އަންގާރަ ދުވަހު ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން
ގއ. ވިލިނގިލީގައި ރައީސް ޔާމީނާ ދެކޮޅަށް އަންގާރަ ދުވަހު ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ރައީސް ޔާމީންގެ ދަތުރުފުޅު
ވިލިނގިލީގައި ރައީސް ޔާމީނާ ދެކޮޅަށް ބޮޑު އެއްވުމެއް، ހަމަނުޖެހުން ހިންގީ ސަރުކާރު ސަޕޯޓަރުން!
ސަރުކާރުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގީ ސިފައިންނާއި ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު
ހައްޔަރުކުރީ އެމްޑީޕީގެ ސަޕޯޓަރެއް
ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވި

ގއ. ވިލިނގިލީގައި ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށް، ސަރުކާރުގެ ސަޕޯޓަރުންތަކެއް ސިފައިންނާއި ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު އިދިކޮޅު ޕާޓީތަކުގެ އެއްވުމަށް ވަދެ ހަމަނުޖެހުން ހިންގައިފި އެވެ.

ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އަންގާރަ ދުވަހު ހަވީރު ވިލިނގިއްޔަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމުގެ ކުރިން ފެށިގެން އިދިކޮޅު ފަރާތްތަކުން ދިޔައީ އިހްތިޖާޖު ކުރަމުންނެވެ. ރައީސް ޔާމީން ވަޑައިގެންނެވި ވަގުތު އިދިކޮޅު ފަރާތްތަކުގެ އެއްވުން ވަނީ ވަރަށް ދުރަށް ޖައްސާފަ އެވެ.

ކުރިން ޕީޕީއެމްއަށް ބޮޑު ތާއިދެއް އޮތް ވިލިނގިލިއްޔަށް ރައީސް ޔާމީން ވަޑައިގެންނެވިއިރު، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން، އެ މަނިކުފާނުގެ އިސްތިއުފާ އަށް ގޮވަމުން ދަނިކޮށް، ފިޔައިތޮށި ކުލައިގެ ބޮޑު ފޮތިގަނޑެއް ހިފައިގެން ތިބި ޒުވާނުންތަކެއް، އިދިކޮޅު ފަރާތްތަކުގެ އެއްވުމުގެ ތެރެއަށް ވަދެ މާރާމާރީ ހިންގި އެވެ.

ސިފައިންނާއި ފުލުހުންގެ ސަފުތައް ފަޅާލައި އިދިކޮޅު ފަރާތްތަކުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި ވަގުތު، ސަރުކާރަށް ތާއިދުކުރާ ޒުވާނުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ނަމަވެސް، އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ހަމަނުޖެހުން ހިންގުމަށް ފަހު ސަރުކާރުގެ ސަޕޯޓަރުން ދިއުމާއެކު، އިދިކޮޅު ފަރާތްތަކުގެ އެއްވުމުގެ ބައިވެރިން ފަހަތަށް ޖެއްސި އެވެ. އަދި އެއްވުމުގެ ތެރެއިން އެކަކު ހައްޔަރުކުރި އެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން އިސްތިއުފާ އަށް ގޮވުމުގެ އިތުރަށް، ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި އެ ދާއިރާގެ މަޖިލީހުގެ މެމްބަރު ސައުދު ހުސައިންއަކީ ޓެރަރިސްޓެއް ނޫން ކަމަށް ދިޔައީ ގޮވަމުންނެވެ.

 

ސަރުކާރު ހިންގާ ޕީޕީއެމްގެ ފިޔައިތޮށި ކުލައަށް ވުރެ ގިނައިން ވިލިނގިލިން، ސަރުކާރާ ދެކޮޅު ޕާޓީތަކުގެ ކުލަތައް ފެނިގެންދިޔަ، އަންގާރަ ދުވަހު ހެނދުނު ފަށައިގެން ފުލުހުން ދިޔައީ އިދިކޮޅު ފަރާތްތަކުގެ ބެނާތަކާއި ދިދަފަތިތައް ނަގަމުންނެވެ. އަދި ރައީސް ޔާމީނާ ދެކޮޅު ބެނާތައް ދަމާފައި ހުރި އޮޑިފަހަރު ވެސް ނެގި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް