ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 13:55
ރައީސް ޔާމީން ކޫއްޑޫ އެއަރޕޯޓް ހުޅުވާދެއްވަނީ
ރައީސް ޔާމީން ކޫއްޑޫ އެއަރޕޯޓް ހުޅުވާދެއްވަނީ
ރައީސް އޮފީސް
ރައީސް ޔާމީނުގެ ދަތުރުފުޅު
ބައި-އިލެކްޝަނުން ތާއީދު ދެއްކީމަ، ހިތްހަމަޖެހިގެން ޕޯޑިއަމްތަކަށް އަރާ ވާހަަކަ ދެއްކޭނީ: ރައީސް ޔާމީން
ގއ އަދި ގދ އަތޮޅަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު އަތޮޅުތަކެއް
މި ސަރުކާރުން ދަނީ ތަރައްގީ ދައްކަމުން
ބުއްދިވެރިންނެއް އަތުގަ އޮތް އެއްޗެއް ދުލެއް ނުކުރާނެ

ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ދެކޭގޮތް ވަރަށް ރަގަޅަށް ދައްކާފައިވާ ކަމަށާއި  ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވެސް ރަށުގެ ރައްޔިތުން ދެކޭގޮތް ސާފުކޮށް ދައްކައި ދިނުމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގއ. ކޮލަމާފުށީގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ގއ އަތޮޅަށް ރައީސް ޔާމިން ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮލަމާފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ދެކޭގޮތް ފެނިގެންދަނީ އިންތިހާބުތަކުގައި ނަގާ ވޯޓުން ކަމަށްވާ އިރު ކުރިއަށް އޮތްތަނުގައި ބާއްވާ ބައި-އިލެކްޝަންގައިވެސް ރައްޔިތުން ދެކޭ ގޮތް ދައްކަން ޖެހޭ ކަމަށެވެ. އަދި ބައި-އިލެކްޝަންގައި ނަގާ ވޯޓުން 2018 ވަނަ އަހަރަށް ހިތްހަމަޖެހިވަޑައިގެން އެމަނިކުފާނަށް މަސައްކަތްޕުޅު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ  ކަމަށް އެމަނިކުފާނު  ވިދާޅުވި އެވެ.

 ރައީސް މިހެން ވިދާޅުވެފައިވާ އިރު މިއަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ގއ. ކޮލަމާފުށީގެ ދެ ގޮނޑި ވަނީ ޕީޕީއެމް އިން ކާމިޔާބު ކޮށްފަ އެވެ. އަދި އެއް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. ގއ އަތޮޅު ކައުންސިލްގެ އެއްވެސް ގޮނޑިއެއް ޕީފީއެމް އަށް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް ރައީސް ޔާމީންވަނީ މިކަން ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

" ބައި-އިލެކްޝަނުން ވެސް ރައްޔިތުންނަށް މިކަން ދައްކަވާ. ބައި-އިލެކްޝަނުން އެކަން ދެއްކީމަ، ހިތްހަމަޖެހުމާ އެކު ޕޯޑިއަމްތަކަށް އެރޭނީ. އަދި 2018 ވަނަ އަަހަރުވެސް ވޯޓު ދެއްވާނެ ކަން ޔަގީން ވެގެންދާނީ." ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމު ތަރައްގީ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަނީ އިހްލާސްތެރިކަމާ އެކު ކަމަށާއި ތަރަައްގީ ބޭނުންވާ ކަމުގައިވާ ނަމަ އެކަމަށް އިންތިޒާރުތަކެއް ކުރަންޖެހޭ ކަމަަށެވެ.

 ރައީސް ވިދާޅުވީ، ފިކުރު ބަދަލުވާ ސަބަބު އެނގެން ޖެހޭ ކަމަށާއި ބުއްދިވެރި ބައެއް ނަމަ އަތުގަ އޮތް އެެއްޗެއް ދުލެއް ނުކުރާނެ ކަމަށެވެ. މިކަން ފާހަގަކޮށް ރައީސް ޔާމީންވަނީ މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަން ފާހަގަ ކުރައްވައިފައެވެ.

 ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ހުވަދު އަތޮޅަށް 1000 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ގެނައުމަށް ނިންމަވައިފައިވާ ކަމަށެވެ. ގއ އަދި ގދ އަތޮޅަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު އަތޮޅުތަކެއް ކަމަށާއި އަދި ހުވަދު އަތޮޅުގައި މަދުވެގެން ތިން ހަތަރު އެއަރޕޯޓް  ގާއިމްކޮށް ކޮށްދެއްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.  ރައީސް ވަނީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަަރައްގީ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި  އެގޮތުން ގާތްގަނޑަކަށް 15 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް މަސްވެރިކަމުގެ ދާއިރާއަށް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

" ތަރައްގީ ކުރާ ވާހަކަ އެންމެންވެސް ދެއްކި. މިނެކިރުމުގެ ހިސާބުން ބަލާނަމަ ތަރައްގީ ގެނެވިފައި ހުރީ ކިހިނެތްތޯ ބަލަންޖެހޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް