ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 13:12
ސެސްކޮފް ގެ ބައްދަލުވުމުގެ ތެރެއިން
ސެސްކޮފް ގެ ބައްދަލުވުމުގެ ތެރެއިން
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
ސެސްކޮފް
ސެސްކޮފް ފަށައިފި
މައިގަނޑު ގޮތެއްގައި ބައިވެރިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ މެޓްއޮފީސްތައް

ސައުތު އޭޝިއަން ސީސަނަލް ކުލައިމެޓް އައުޓްލުކް ފޯރަމް ( ސެސްކޮފް ) މިއަދު ހޮޓެލް ޖެންގައި ފަށައިފިއެވެ.

މި ފޯރަމް މިއަދު އިފްތިތާޙް ކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ އަބްދުﷲހި މަޖީދެވެ. މި ފޯރަމަކީ ކުރިއަށް އޮތް ދެ ތިން މަހަށް ދެކުނު އޭޝިޔާގެ ޤައުމުތަކަށް މޫސުން ލަފާކުރެވޭ ގޮތްބެލުމާއި އެކަމާބެހޭ މަޝްވަރާކުރުމަށް މި ސަރަޙައްދުގެ ޤައުމުތަކުންނާއި ކުރިއަރާފައިވާ ޤައުތަކުގެ ފަންނީ އެހީތެރިކަމާއެކު ބޭއްވޭ ބައްދަލުވުމެކެވެ.

2010 ވަނަ އަހަރުން ފެށިގެން ދެކުނު އޭޝިޔާގެ ކޮންމެވެސް އެއްޤައުމެއްގައި މިފޯރަމް ބޭއްވުމަށް ދުނިޔޭގެ މޫސުމާއި ބެހޭ ޖަމްޢިއްޔާގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. އެހެންކަމަށް ވުމާއެކު، މިއީ އެފަދަ 11 ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުން ރާއްޖޭގައި މިއަހަރު ބޭއްވެނީ ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ  ޑަބްލިއު (އެމްއޯ) އާއި  ރީޖަނަލް އިންޓަގްރޭޓެޑް މަލްޓިހަޒާރޑް އާލީވޯނިންގެ ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ ( ރައިމްސް) އަދި ކެނަޑާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ބައިވެރިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ މެޓްއޮފީސްތަކާއި ދައުވަތުދެވިގެން ބައިވެރިވާ މޫސުމާއިބެހޭ ދާއިރާގެ ފަންނީ މާހިރުންނެވެ. މީގެތެރޭގައި ދުނިޔޭގެ ސަރަހައްދީ ފެންވަރުގެ ކުލައިމެޓް ސެންޓަރުތައް ތަމްސީލުކުރައްވާ މާހިރުން ވެސް ހިމެނެއެވެ.

ސެޕްޓެމްބަރު 25 ން 27 ބޭއްވޭ މި ބައްދަލުވުމުގެ ހުރިހާ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި އެއްބަސްވެވިގެން، ދެކުނު އޭޝިޔާ ސަރަޙައްދުގެ ހުރިހާ ޤައުމަކަށް ކުރިއަށް އޮތް 5 ވަރަކަށް މަސް ދުވަހު މޫސުން އޮންނާނެކަމަށް ލަފާކުރެވޭގޮތުގެ ސްޓޭޓްމެންޓެއް ތައްޔާރު ކުރެވޭނެއެވެ. އަދި ދިގުމުއްދަތަށް މިތައްޔާރުކުރެވޭ ފޯކާސްޓްތައް ބޭނުންކޮށްގެން ކަމާގުޅޭ ދާއިރާތަކުގެ މަސައްކަތްތައް ދުރާލާ ރާވާ ބައްޓަން ކުރާނެ ގޮތްތަކުގެ މައްޗަށް ވެސް އަލި އަޅުވާލެވޭނެއެވެ.

މި ފޯރަމުގެ ބައެއް ސެޝަންތައް މާދަމާ ވެސް ކުރިއަށްދާއިރު މި ފޯރަމުގައި ތައްޔާރުކުރާ އޮފިޝަލް ކޮންސެންސަސް ފޯކާސްޓް ސްޓޭޓްމެންޓް ނެރުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2017 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް