ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 12:02
ގއ. ވިލިނގިއްޔަށް ރައީސް ޔާމީން މިއަދު ވަޑައިގަންނަވާތީ ރަށުގެ ފަޅުގައިވާ ދޯނިތަކުގައި ޝުއޫރު ލިޔެ ފޮތި ދަމާފައި
ގއ. ވިލިނގިއްޔަށް ރައީސް ޔާމީން މިއަދު ވަޑައިގަންނަވާތީ ރަށުގެ ފަޅުގައިވާ ދޯނިތަކުގައި ޝުއޫރު ލިޔެ ފޮތި ދަމާފައި
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސް ޔާމީންގެ ދަތުރުފުޅު
ވިލިނގިލީގައި ރައީސް ޔާމީނާ ދެކޮޅަށް އިހްތިޖާޖުކުރިޔަ ނުދިނުމަށް ފަޅުގައި ހުރި ދޯނިފަހަރު ނަގައި ދަމާފައިވާ ދިދަތައް ވެސް ނަގަނީ
ރައީސް ޔާމީން ވިލިނގިލިއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު
ބަނދަރުގައި އަޅާފައިވާ ދޯނި ފަހަރު ނެގުމަށް ވަނީ އަންގާފައި
ގިނަ އަދަދެއްގެ ބެރިކޭޑްތައް ވަނީ މަގުތަކުގައި ޖަހާފައި

ރައީސް އަބްދުﷲ ޔާމީން ގއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާތީ، އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގޮތަށް ދަމާފައިވާ ދިދަ ތަކާއި ފޮތިތަކާއި ބަނދަރުގައި ހަރުކޮށްފައިވާ ޕޯސްޓަރުތައް ނަގަން ފަށައިފި އެވެ.


ރައީސް އަބްދުﷲ ޔާމީން ވިލިނގިއްޔަށް ވަޑައިގަތުމަށް ހަމަޖެފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމުންވެސް ބަނދަރުގައި ދިދަ ފަތިތައް ދަމާފައި ވާއިރު، އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާތީތަކަށް ތާއީދުކުރާ ފަރާތްތަކުންވެސް ވަނީ ދިދަ ފަތިތައް ދަމާފައެވެ. ނަމަވެސް ޕީޕީއެމްގެ ދިދަފަތިތައް ނެގުމަށް ނާންގައި، ފުލުހުންވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަމާފައިވާ ދިދަތައް ނަގައިފަ އެވެ. އެ ދިދަތައް ނަގާފައިވަނީ މަނާކަމެއް ކަމަށް ބުނުމަށް ފަހުއެވެ.

 

ބަނދަރުގައި ހުރި ދޯނި ފަހަރުވެސް ނެގުމަށް އަންގައި ފުލުހުން ވަނީ އިންޒާރުދީފަ އެވެ. ފުލުހުން ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވާއިރު ދޯނި ފަހަރު ފަޅުގައި އެޅުމަކީ، މަނާ ކަމެއް ކަމަށެވެ. ނަމަވެސް އެ ދޯނިތައް ހުރީ، ރައީސް ވަޑައިގަންނަވާ ސަރަހައްދާ 200 ފޫޓް ދުރުގައެވެ.

ދޯނިފަހަރުގައި ދަމާފައިވާ ރީނދު ކުލައިގެ ފޮތިތައްވެސް ނެގުމަށް ވަނީ އަންގައިފަ އެވެ. ފުލުހުން އަންގާގޮތެއްގެ މަތިން ނުނަގައިފިނަމަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ނިންމައި، ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސްދިންކަމަށް ދޯންޏެއްގެ ވެރި ފަރާތުން ރާއްޖެޓީވީއަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގަންނަވާތީ ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 ސެޕްޓެންބަރ 2017 | އަންގާރަ 12:09
Ye ye
Kekekeke