ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 11:34
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް ޑީމޯޓްކޮށްފައިވާ ހުސައިން އާދަމް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް ޑީމޯޓްކޮށްފައިވާ ހުސައިން އާދަމް
ޕޮލިސް
ފުލުހުންގެ މަގާމުތައް
އިދިކޮޅު ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ އޭސީޕީ ހުސައިން އާދަމްގެ މަގާމު ދަށް ކޮށްފި
އޭސީޕީގެ މަގާމުން ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމަށް ދަށް ކުރުމަށް
އިދިކޮޅު ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ އިސްވެރިންތަކެއްގެ މައްސަލަ ބަލަނީ
ހުސެއިން އާދަމަކީ ނާޒިމްގެ އެޕާޓްމެންޓަށް ފުލުހުން ވަންއިރު އެސްއޯ ކޮމާންޑަރު

އިދިކޮޅު ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމް ޑީމޯޓް ކުރަން ނިންމައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސައިން އާދަމްގެ މަގާމު ދަށް ކުރުމަށް ނިންމާފައި ވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލި މައްސަލައަކަށް ފަހު މިދިޔަ ހަފްތާ ތެރޭގަ އެވެ.

ހުސައިން އާދަމް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމަށް ދަށް ކުރުމަށް އެ ބޯޑުން ވަނީ ނިންމާފަ އެވެ.

އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކާ ގުޅުން ބާއްވާ ކަމަށް ބުނެ ފުލުހުންގެ އިސްވެރިންތަކެއްގެ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދުގެ މައްސަލައެއް ވެސް ސުލޫކީ ކޮމެޓީން ދަނީ ބަލަމުންނެވެ.

ހުސައިން އާދަމްގެ މަގާމު ދަށްކުރި އިރު، އޭނާ ހުންނެވީ ފުލުހުންގެ ސަދަން ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގަ އެވެ.

ހުސެއިން އާދަމް ވަނީ ފުލުހުންގެ ސްޕެޝަލް އޮަޕަރޭޝަންސް(އެސްއޯ) ގެ ކޮމާންޑަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމުގައި މުހައްމަދު ނާޒިމް ހުންނަވަނިކޮށް، ނާޒިމްގެ އެޕާޓްމެންޓުގެ ދޮރު ވައްޓާލައި ވަދެ ފުލުހުން އޮޕަރޭޝަނެއް ހިންގިއިރު، ހުސައިން އާދަމް ހުންނެވީ އެސްއޯގެ ކޮމާންޑަރުގެ މަގާމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 ސެޕްޓެންބަރ 2017 | އަންގާރަ 15:05
onnnnae
Baynun hifaafa nagaa , dhivehin dhivehinnai vahaka dhakkaigen, thiya fadha adhab ndheveyne. Fikuru aky sikundygai ai hithugai onnn