ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 11:05
މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅު ބެހެއްޓުމަށް 10 ފޫޓް އުހުގައި ސްޓޭޖް ހެދުމުގެ މަސައްކަތް ކުރާ ތަނުގައި ދާ ޖަހާފަ
މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅު ބެހެއްޓުމަށް 10 ފޫޓް އުހުގައި ސްޓޭޖް ހެދުމުގެ މަސައްކަތް ކުރާ ތަނުގައި ދާ ޖަހާފަ
ރާއްޖެ އެމްވީ
މަޖިލީހުގެ ރިޔާސަތު
މަސީހުގެ އުސް ސްޓޭޖް ހަދާ ތަނުގައި ކަޅު ދާ ޖަހައި "ފޮރުވައިފި"
މަސައްކަތް ފެށި އިރު އެތަނުގައި ދާ ޖަހާފައެއް ނެތް
ބެލެވޭ ގޮތުގައި ސްޓޭޖުގެ މަސައްކަތް ކުރަނީ ސިފައިން
ރިޔާސަތުގެ މޭޒުކޮޅު ބެހެއްޓުމެއް 10 ފޫޓުގެ ސްޓޭޖެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު އިންނެވުމަށް 10 ފޫޓް އުހުގައި ސްޓޭޖެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ތަނުގައި ކަޅު ދާ ޖަހައި "ފޮރުވައިފި" އެވެ.

މަޖިލިސް އިދާރާގެ އެތެރޭގައި، ކުރިން ސައިކަލް ޕާކް ކުރުމަށް ބޭނުންކުރަމުން ދިޔަ ތަނުގައި ސްޓޭޖް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު އެތަނުގެ ވަށައިގެން ވަނީ ކަޅު ދާ ޖަހާފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ސްޓޭޖުގެ މަސައްކަތް ފެށިއިރު އެތަނުގައި ދާ ޖަހާފައެއް ނުވެ އެވެ.

މަޖިލިސް އިދާރާ ތެރޭގައި ސްޓޭޖުގެ ހެދުމުގެ މަސައްކަތް ކުރަމުންދަނީ ސިފައިން ކަމަށް މައުލޫމާތު ލިބެ އެވެ.

މަޖިލިސް އިދާރާގެ ތެރޭގައި ސްޓޭޖް ހެދުމުގެ މަސައްކަތް ކުރަނީ، މަސައްކަތް ފެށިއިރު ދާ ޖަހަފާއެއް ނުވޭ

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެފަދަ ސްޓޭޖެއް ހަދަމުންދާ ކަމެއް ސިފައިންނަށް އެނގިފައިނުވާ ކަމަށާއި އިދާރީ ކަންކަން އެނގޭނީ މަޖިލީހަށް ކަމަށެވެ. އަދި ސިފައިން ބަލަހައްޓަނީ ސެކިއުރިޓީގެ ކަންކަން ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރެއް ސޮއިކޮށް މަސީހުގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، ސިފައިންގެ ފައުޖުތަކުގެ އެހީތެރިކަމާއެކު މަސީހު ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ވަނީ ބާއްވަވަމުންނެވެ. ވޯޓް ނުނަގައި ޖަލްސާތައް ބާއްވާތީ އިދިކޮޅު މެންބަރުން ގެންދަނީ ކޮންމެ ޖަލްސާއެއްގައި އިހުތިޖާޖު ކުރަމުންނެވެ.

މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅު ބެހެއްޓުމަށް 10 ފޫޓް އުހުގައި ސްޓޭޖެއް ހެދުމުގެ މަސައްކަތް ކުރަން ފަށާފައިމިވަނީ، ރިޔާސަތުގެ މޭޒުކޮޅު ވަށައިގެން ބިއްލޫރި ކޮއްޓެއް ހަދަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް