ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 06:10
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
މުހައްމަދު ޝަރުހާން
ފަލަސުރުޚީ
ސަރުކާރުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތަށް އެބަ މަސައްކަތް ކުރޭ: އާޒިމް
ސަރުކާރު އިސްލާހުކުރަން އުޅޭ ކޮންމެ މީހަކާއިމެދު ސަރުކާރުން ދެކެނީ ޓެރަރިސްޓެއްގެ ގޮތުގައި

ރޭވިގެން މަސައްކަތްކުރާ ޓެރަރިސްޓް ޖަމާޢަތެއް ފަދައިން މިއަދުގެ ސަރުކާރު މަސައްކަތް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި ހޯދުމަށް ސަރުކާރުން މިއަދު މަސައްކަތް ކުރަމުންދަނީ، ވައްކަމާއި ކޮރަޕްޝަން އިތުރުވެ، ސަރުކާރުން ޓެރަރިސްޓް ޖަމާޢަތެއްގެ އުސޫލުން މަސައްކަތް ކުރާ ކުރުމާއި ދެކޮޅަށް މެންބަރުންތަކެއް ތެދުވުމުން ކަމަށެވެ.

އެގޮތުން ތަފާތު ވިސްނުން ބޭނުންކޮށްގެން މެންބަރުންގެ މެންބަރުކަން ގެއްލުވާލެވޭތޯ، ނުވަތަ ރައްޔިތުންގެ ޙައްޤުގައި މަޖިލީހަށް ނުދެވޭވަރު ކުރެވޭތޯ ސަރުކާރުން ބަލަމުންދާކަމަށް އާޒިމް ތުޙުމަތުކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކެއްގެ މައްޗަށް ދައުވާތަކެއް އުފުލުމަކީ، ސެެކްޓިވް ޖަސްޓިސް ނުވަތަ ތަފާތުކުރެވިފައިވާ އިންސާފު ކަމަށާ، މެންބަރުންގެ މައްޗަށް ދައުވާ ކުރާނަމަ، ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވަތް ހުރިހާ މެންބަރުންގެ މައްޗަށްވެސް ދައުޥާކުރަން ޖެހޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ، ސަރުކާރާއި ޚިޔާލު ތަފާތުވެ، ސަރުކާރު އިސްލާހުކުރަން އުޅޭ ކޮންމެ މީހަކާއިމެދު ސަރުކާރުން ދެކެނީ ޓެރަރިސްޓެއްގެ ގޮތުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް