ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 06:09
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ބައެއް ފުލުހުން ހުވާކުރަނީ
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ބައެއް ފުލުހުން ހުވާކުރަނީ
ޕޮލިސް
ފުލުހުންގެ ޚިދުމަތް
ޚިދުމަތާއި އަލަށް ގުޅުނު 66 ފުލުހަކު ހުވާކޮށްފި
44 ފުލުހުންނާއި، ސްޕެޝަލް ކޮންސްޓަބިއުލަރީ 22 ފުލުހުން ހުވާކުރި

ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުންނާއި، ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުން، ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހޯމަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ސިވިލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް ޢަބްދުﷲ ޢަލީ ދެއްކެވި ވާހަކަފުޅުގައި، މާތް ﷲ ގަންދީ ކުރެވޭ ހުވަޔަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި، އެ ހުވަޔަށް ތެދުވެރިވުން ވާޖިބުވާނެ ކަމާއި، މިގޮތުން ހުވާގެ މުހިންމު ކަމާއި، ހުވާގެ މަތީގައި ދެމި ހުރުމާއި، ހުވަޔާއި ޚިލާފުވުމުގައި ދީނީގޮތުން ހުރި ބިރުވެރިކަން އޮޅުންފިލުއްވައި ދެއްވިއެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޑިއުޓީގައި އުޅޭއިރު އާންމު ރައްޔިތަކު އެހީތެރިކަމައް އެދިއްޖެނަމަ އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ފުލުހުންގެ ޚިދުމަތް އެއްވެސް ތަފާތުކުރުމެއް ނެތި ފޯރުކޮށްދިނުމަށް މަސައްކުރުމަށް އެދިވަޑައިގެންނެވިއެވެ.

ހޯމަ ދުވަހު ހުވާކޮށްފައިވަނީ 44 ފުލުހަކާއި، ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ޚިދުމަތާ ގުޅުނު 22 ފުލުހުންނެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢުގެ އިތުރުން ހިއުމަންރިސޯސް ޑިޕާޓްމަންޓުގެ ހެޑް މުޖުތަބާ ޢަބްދުއްސައްތާރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް