Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 18:50
 ‏"އެކްސްޓެންޑެޑް ‏ކޫއްޑޫ އެއަރޕޯޓް މޯލްޑިވްސް" އިޕްތިތާޙްކުރުމުގެ ރަސްމިއްޔާތު
‏"އެކްސްޓެންޑެޑް ‏ކޫއްޑޫ އެއަރޕޯޓް މޯލްޑިވްސް" އިޕްތިތާޙްކުރުމުގެ ރަސްމިއްޔާތު
ރައީސް އޮފީސް
‏ކޫއްޑޫ އެއާޕޯޓް
‏ކޫއްޑޫ އެއާޕޯޓް އަލުން ރައީސް އިފްތިތާޙްކޮށްދެއްވައިފި
މި ބަދަލުތަކާއެކު ކޫއްޑޫ އެއާޕޯޓް ވަނީ ކެޓަގަރީ 2 ސީ ގެ އެއާޕޯޓަކުން ކެޓަގަރީ 3 ސީ ގެ އެއާޕޯޓަކަށް ބަދަލުވެފައި
f

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏"އެކްސްޓެންޑެޑް ‏ކޫއްޑޫ އެއަރޕޯޓް މޯލްޑިވްސް" ހޯމަ ދުވަހުގެ ހަވީރު ރަސްމީކޮށް އިފްތިތާޙްކޮށް ދެއްވައިފިއެވެ. 

‏ކޫއްޑޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއާޕޯޓުގައި ކުރިން އޮތް 1200 މީޓަރު ދިގު ރަންވޭ 1800 މީޓަރަށް ވަނީ ދިގު ކޮށްފައެވެ. އަދި، އާ ވީ.އަ.ޕީ ލައުންޖަކާއި، މުވައްޒަފުންގެ ދެ އެކޮމޮޑޭޝަން ބްލޮކް އެއާޕޯޓުގައި ވަނީ އިތުރަށް ތަރައްޤީކޮށްފައެވެ.

މި ބަދަލުތަކާއެކު ކޫއްޑޫ އެއާޕޯޓް ވަނީ ކެޓަގަރީ 2 ސީ ގެ އެއާޕޯޓަކުން ކެޓަގަރީ 3 ސީ ގެ އެއާޕޯޓަކަށް ބަދަލުވެފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ކޫއްޑޫ އެއާޕޯޓުގެ ސީ.އީ.އޯ މުޙައްމަދު ޢަލީ ޖަނާޙާއި، އަދި ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން ރޮނަލްޑް ލިއޯ ވަނީ ބައިވެރިވެވަޑައިގެންފައެވެ..

- ކޮމެންޓް