ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 16:52
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ގޫގުލް
ރައީސް ޔާމީން ފުރާވަޑައިގަތުން
ހުވަދޫ އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ފުރާވަޑައިގެންފި
މި ދަތުރުފުޅުގައި ކޫއްޑޫ، ގއ. ކޮލަމާފުށި، އަދި ގއ. ވިލިނގިލިޔަށް ރައީސް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ހޯމަ ދުވަހު މެންދުރު ފަހު ފުރާވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ގއ. ކޫއްޑޫއަށް ވަޑައިގެން، ކޫއްޑޫ އެއަރޕޯޓާއި، މާރކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ހެނދުނު ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންގާރަ ދުވަހު ހަވީރު ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި ބިނާކޮށްފައިވާ މިސްކިތް ހުޅުއްވައި ދެއްވުމަށް ފަހު، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް