ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 20:02
ޖަނަރޭޓަރު ގެނައުމުގެ ތެރެއިން
ޖަނަރޭޓަރު ގެނައުމުގެ ތެރެއިން
ޓްވިޓަރ
ބިލެތްފަހި
ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދަނީ : ބިލެތްފަހި ކައުންސިލް
ފުލުހުން ވަނީ ތަހްގީގު ފަށާފައި
އަލިފާން ރޯވީ ޖަނަރޭޓަރުގެ ޓާބޯގައި

ށ. ބިލެތްފައްސަށް ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލަރ އަހްމަދު ނާފިޒް ވިދާޅުވެއްޖެ އެވެ.

 

ނާފިޒް ވިދާޅުވީ 120 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނެވިފައިވަނީ ށ. ފޭދޫއިން ކަމަށާއި ޖަނަރޭޓަރު ގެނެވުނީ ހަވީރު 5.30 ހާއިރު ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޓީމުން މިހާރު ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ކުރިއަށް އޮތް 3 ގަނޑިއިރު ތެރޭގައި ޖަނަރޭޓަރު އިންސްޓޯލްކޮށް ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ވަގުތީ ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

 

ބިލެތްފަހީ އިންޖީނުގޭގައި ރޯ ވެފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރު އެވެ. މި ހާދިސާ ހިނގަން މެދުވެރިވީ 112 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ޓާބޯގައި އަލިފާން ރޯވުމާއި ގުޅިގެން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

 

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީގައި ކަރަންޓް ނެތުމުގެ ސަބަބުން ސުކޫލް ވަނީ ބަންދުކޮށް ފައެވެ. އަދި  ސިއްހީ މަރުކަޒާއި ކައުންސިލްގެ ހިދުމަތް ވެސް ވަނީ  ހުއްޓިފަ އެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް