ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 19:23
ރޮހިންޖާ މުސްލިމުންތަކެއް:އަނިޔާއާ ހުރެ އެތައް ބަޔަކު ވަނީ ޤައުމުން ނުކުމެފައި
ރޮހިންޖާ މުސްލިމުންތަކެއް:އަނިޔާއާ ހުރެ އެތައް ބަޔަކު ވަނީ ޤައުމުން ނުކުމެފައި
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު 436000 އަށް އަރައިފި :އދ
މުޅި ދުނިޔޭގެ އެހީތެރިކަމަށް ވަނީ ބޭނުން ވެފައި:އދ
ބަނގްލަދޭޝްއިން ދަނީ ވަރަށް ބޮޑަށް އެހީވަމުން

މިޔަންމާއިން ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ ޢަދަދު 436000 (ހަތަރު ލައްކަ ތިރީސް ހަ ހާސް) އަށް އަރައިފި ކަމަށް އދ އިން ހާމަކޮށްފިއެވެ.

އދ ގެ ރެފިއުޖީ އެޖެންސީން އާދީއްތަ ދުވަހު ބުނީ ބަނގުލަދޭޝްއަށް ހިޖުރަ ކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ ޢަދަދު 436000 އަށް އަރާފައިވާ ކަމަށާއި އެމީހުންނަށް ބޭނުންވާ ކާބޯ ތަކެއްޗާއި ބޯހިޔާވަހި ކަމަކަށް މުޅި ދުނިޔޭގެ ވަރަށްބޮޑު އެހީތެރި ކަމަކަށް ބޭނުންވެފައިވާ ކަމަށެވެ.

ޔޫއެން ހައިކޮމިޝަނަރ ފޯރ ރެފިއުޖީސް ފިލިއްޕޯ ގްރާންޑީ އާދީއްތަ ދުވަހު ވިދާޅުވީ ބަނގުލަދޭޝްގެ ދެކުނުގައި އޮންނަ ކޮކްސް ބާޒާރުގެ ވަށައިގެން ކޭމްޕް ޖަހައިގެން ދިރިއުޅޭ ރެފިއުޖީންގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

"މީގެ ކުރިން ބަޔަކަށް ބޭނުން ނުވާވަރުގެ އެހީތެރިކަމެއް އެބަ ބޭނުންވޭ. އެމީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް. ކާތަކެތި، ބޯފެން، ހިޔާވަހިކަން، ސިއްޙީ ފަރުވާ އެމީހުންނަށް ބޭނުންވޭ" ގްރާންޑީ ބުންޏެވެ.

އޭނާ ބުނީ ބަނގްލަދޭޝްއިން އެމީހުންނަށް ފޯރުކޮށްދެނީ ޤަބޫލް ވެސް ކުރަން ދަތި ބޮޑު އެހީތެރިކަމެއް ކަމަށާއި ނަމަވެސް ވަގުތުން ވަގުތައް އެމީހުންނަށް މުޅި ދުނިޔޭގެ އަޅާލުން ބޭނުންވާ ކަމަށެވެ. އެގޮތުން ފައިސާއާ ތަކެތީގެ އެހީތެރިކަން އެމީހުންނަށް މިހާރު ވެސް ބޭނުންވެފައިވާ ކަމަށް ގްރާންޑީ ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް