ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 13:25
ރައްޔިތުންގެ މަޖިލީހުގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފްގެ އަލިފާން ނިއްވާ ވެހިކަލް މަޖިލީހުގެ ބޭރުގައި
ރައްޔިތުންގެ މަޖިލީހުގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފްގެ އަލިފާން ނިއްވާ ވެހިކަލް މަޖިލީހުގެ ބޭރުގައި
އަހުމަދު މުހުސިނު
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޓިޝޫ ފޮށިތަކުގައި އަލިފާން ރޯވާ ސަބަބެއް ސަލާމަތީ ހިދުމަތްތަކުން ހާމައެއް ނުކުރި!
މަޖިލީހުގައި އެންމެ ފަހުން އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ޖުލައި 31

ރައްޔިތުންގެ މަޖިލީހުގެ ޓިޝޫ ފޮށިތަކުގައި އަލިފާން ރޯވާ ސަބަބެއް ސަލާމަތީ ހިދުމަތްތަކުން ހާމައެއް ނުކުރި އެވެ.

ޖުލައި 31 ވަނަ ދުވަހު މަޖިލީހުގެ ފާހާނާއެއްގައި ހުރި ޓިޝޫ ބޮނޑިއެއްގައި އަލިފާން ރޯވިއިރު، ހޮނިހިރު ދުވަހުގެ ރޭގައި ވަނީ  މަޖިލީހުގައި ވުޟޫކުރާ ސަރަހައްދުގައި ހުރި ޓިޝޫ ފޮއްޓެއްގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ މައްސަލަތައް ތަހްގީގުކުރަނީ ފުލުހުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތައް ބަލަހައްޓަނީ ސިފައިންނެވެ. ނަމަވެސް ދެ މަސް ދުވަސްތެރޭގައި އަލިފާންގެ ދެ ހާދިސާ ހިނގާފައިވާއިރު، އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ތަހްގީގެއްކޮށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "މައްސަލަ ދަނީ ތަހްގީގުކުރަމުން" ކަމަށެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ޖުލައި 31 ގެ އަލިފާންގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލި އެވެ. އަދި މިފަހަރުގެ އަލިފާނުގެ ހާދިސާއަކީ ވެސް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ކުރި ކަމެއް ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވަނީ ތުހްމަތުކޮށްފަ އެވެ. އަދި މަޖިލީހުގެ ޓިޝޫ ރޯލްތަކުގައި އަލިފާން ރޯވާ މައްސަލައިގައި މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް