ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 10:12
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު
ގޫގުލް
އެމްއެމްޕީއާރުސީގެ ހިޔާނަތް
މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ 50 މައްސަލަ، އޭގެ ތެރޭގައި ޒިޔަތުގެ 30 މައްސަލަ!
އެހުރިހާ މައްސަލައެއް ތާވަލް ކޮށްފައިވަނީ މިއަދު 11:00 އަށް
ދައުވާތައް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން
އެމްއެމްޕީއާރުސީގެ ހިޔާނާތް 1.22 ބިލިއަން ރުފިޔާއަށް އަރާ

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވާ 50  މައްސަލައިގެ ތެރެއިން 30 މައްސަލައަކީ އެމްއެމްޕީއާރުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ މައްސަލަތަކެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކުގެ ތެރެއިން އެއް މައްސަލައެއްގައި ޒިޔަތުގެ އިތުރުން، އެހެން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެެ. އެއީ ރ. ކިނޮޅަސް ޝާހިދު ހުސައިން މައްޗަށެވެ.

ޒިޔަތުގެ މައްޗަށް ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީން ދޫކުރި 55 ރަށުގެ ތެރެއިން 30 ރަށެއްގެ މައްސަލައިގަވެ. ޒިޔަތުގެ މައްޗަށް ދައުވާކޮށްފައި ވަނީ އެ 30 ރަށުގެ މައްސަލައިގެ ކޮންމެ ރަށެއްގެ މައްސަލަ ވަކިންނެވެ.

މިއީ މިފަހުގެ ތާރީހުގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

އޭގެ ތެރެއިން 23 ދައުވާއެއް އުފުލާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އަނެއް ހަތް ދައުވާ އުފުލާފައި ވަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމަށް ބުނެ އަދީބުގެ މައްޗަށް 10 ދައުވާއެއް ވަނީ ކޮށްފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ވަނީ ފަށާފަ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް