ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 09:32
ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާސިމް މެޑަމް ފާތުން އާއި ސަލާން ކުރައްވަނީ
ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާސިމް މެޑަމް ފާތުން އާއި ސަލާން ކުރައްވަނީ
ފޭސްބުކް
ދިއްދޫ ކައުންސިލު
ދިއްދޫ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނާ މައްސަލަ އެލްޖީއޭއަށް ހުށަހަޅައިފި
އަތޮޅު ކައުންސިލުން ޓީމެއް އަައިސް މައްސަލަ ބަލަންވީ
ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަނީ

ހއ. ދިއްދޫ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނުމަކީ ދޮގެއް ކަމަށާއި އެހެންވެ، އެ މައްސަލަ ބަލައި ދިނުމަށް އެ ކައުންސިލުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް ވިދާޅުވީ އެފަދަ ކަމެއް ނުހިނގާ އިރު އެވަރުގެ ދޮގު ތުހުމަތެއް ކޮށްގެން ނުވާނެ ކަމަށެވެ. އެލްޖީއޭގެ އިތުރުން އަތޮޅު ކައުންސިލުން ވެސް މި މައްސަލަ ބެއްލެވުމަށް އޭނާ ގޮވާލެއްވި އެވެ.

ދިއްދޫ ކައުންސިލުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ސަރުކާރުގެ އެކިފެންވަރުގެ ވެރިން ވިދާޅުވާން ފެއްޓެވީ އެރަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ހައުސިންގ މިނިސްޓްރީން އާންމު ކުރި އިރު ހުރި މައްސަލަތަކާ ގުޅިގެން ކައުންސިލުން ފާޑުކިޔަން ފެށުމުންނެވެ.

ހާޝިމް ވިދާޅުވީ ދާދިފަހުން އެރަށަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބުރާހިމް ދީދީ ވެސް ވަޑައިގެންނެވި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސަރުކާރުގެ ވަޒީރުން ތިއްބެވި ބައްދަލުވުމެއްގައި ފްލެޓް ލިބުނު ކަމަށް ބުނެ އިއުލާން ކުރި ލިސްޓްގައި ހުރި މައްސަލަތަކުގެ ވާހަކަ ތަކުރާރުކޮށް ދެއްކެވުމުން ވެސް  ޖަވާބު ދެއްވައިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެބައްދަލުވުމުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ފާޅުކަން ބޮޑުގޮތެއްގައި ކައުންސިލަށް ފާޑުވިދާޅުވެ ދިއްދޫ ކައުންސިލަކީ ސަރުކާރަށް އެއްބާރުލުން ދޭ ކައުންސިލެއް ނޫން ނަމަވެސް ދެން ޖެހޭނީ އެއްބާރުލުން ދޭން ކަމަށް ވިދާޅުވެފައިވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

އަލީ ހާޝިމް ވިދާޅުވީ އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާހަގަ ކުރެއްވި ގޮތުގައި އެބޭފުޅުން ދިއްދޫއަށް ކުރެއްވި ދަތުރުފުޅަކީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށާ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ބައި އިލެކްޝަންނަށް ތައްޔާރުވުމަށް ކުރެއްވި ދަތުރެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 ސެޕްޓެންބަރ 2017 | އާދީއްތަ 10:18
މޮހިޮނާ
އަންތަރީސް ވެއްޖެ...