ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 00:37
ބިލެތްފަހީ އިންޖީނުގެ އަނދާ ހުލިވަނީ
ބިލެތްފަހީ އިންޖީނުގެ އަނދާ ހުލިވަނީ
ރާއްޖެ އެމްވީ
އަލިފާން ރޯވުން
ބިލެތްފަހީ އިންޖީނުގެ ރޯވެ އަނދާ ހުލިވެއްޖެ
މުޅި އިންޖީނުގެ ވަނީ އަނދާ ހުލިވެފައި.
ރަށުގައި ކަރަންޓެއް ނެތް
ރައްޔިތުން ދަނީ އަލިފާން ނިއްވޭތޯ މަސައްކަތް ކުރަމުން

ށ ބިލެތްފަހީ އިންޖީނުގޭގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.

ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 11:55 ހާއިރު ކަމަށާއި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށެވެ

ބިލެތްފަހިން ރާއްޖެ އެމްވީއަށް މައުލޫމާތުދިން ޢަބްދުލް ޢަޒީޒް ބުނީ އިންޖީނުގޭގެ ފުރާޅާއެކު، އިންޖީނުގެ އަނދާ ހުލިވެ ބިމާ ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސްމީހަކު ޒަޚަމްވެފައި ނުވާކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މިހާރު މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށާއި ރަށުގެ ރައްޔިތުން ނުކުމެ އަލިފާންގަނޑު ނިއްވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެރަށު ކައުންސިލް މެންބަރު އަހުމަދު ނާފިޒް ރާއްޖެ އެމްވީއަށް ވިދާޅުވީ އެތަނުގައި ހަތަރު ޖަނަރޭޓަރު ހުންނާނެ ކަމަށާއި އެއީ 120 ކިލޯވޮޓާއި، 112 ކިލޯވޮޓް އަދި 80 ކިލޯވޮޓްގެ އިތުރުން 28 ކިލޯވޮޓުގެ ޖަނަރޭޓަރެއް ކަމަށެވެ.

ނާފިޒް މިރޭ 12:40 ހާއިރު ވިދާޅުވީ ހިސާބަކަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް